English Edition
Dhivehi Edition

ސިޓީ ކައުންސިލް ތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާނީ ލާމަރުކަޒީ އުސޫލުން ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވެއްޖެ އެވެ

އިބޫ މިހެން ވިދާޅުވީ މާލޭގެ މަގުތަކަށް ގެންނާނެ ބަދަލާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް “ޖަޒީރާ ހޮޅުއަށި” ރައްޔިތުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމުގައެވެ. އިބޫ ވިދާޅުވީ މިރޭ ފެށި އެ ބައްދަލުވުމަކީ ކުރިއަށް އޮތްތަނުގައި ސިލްސިލާކޮށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވަމުންދާނެ ބައްދަލުވުންތަކެއް ކަމަށެވެ

މިރޭ ޖަޒިޜާ ހޮޅުއަށީގައި އިބޫ ވިދާޅުވީ މާލޭގައި ހަތަރު ފުރޮޅުލީ 8000 އުޅަނދަށްވުރެ ގިނަ އުޅަނދު ގެންގުޅޭ ކަމަށާއި އަދި 90،000 އަށްވުރެ ގިނަ ސައިކަލު ދުއްވާ ކަމަށެވެ. އަދި ޖަޒީރާ ރާއްޖެ ތަރައްގީ ކުރުމަށް މާލެ ހިތްފަސޭހަތަނަކަށް ވާންޖެހޭ ކަމަށާއި އެކަން ވާނީ ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ތަރައްގީ ކުރެވިގެން ކަމަށް އިބޫ ވިދާޅުވިއެވެ

އިބޫ ވިދާޅުވީ ޖަޒީރާ ހޮޅުއަށީގެ ބައްދަލުވުންތައް ބާއްވާނީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި އެކި ރަށްރަށުގައި ސިޓީތަކުގައި އެ ރަށްރަށަށް ބޭނުންވާ ކަންކަން ރައްޔިތުންގެ ހިޔާލާއެކު ކުރިއަށް ގެންދިއުމަށް “ޖަޒީރާ ހޮޅުއަށި” ޕްރޮގްރާމު ބާއްވާނެކަމަށެވެ