English Edition
Dhivehi Edition
ކަސްޓަމްސްއިން ހޯދަމުންދާ ސިނގިރޭޓްތައް -- ފޮޓޯ: ކަސްޓަމްސް

ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ސިނގިރެޓުތަކެއް ހޯދައި އަތުލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާދީއްތަ ދުވަހު ބުނެފި އެވެ.

ކަސްޓަމްސްއިން ވިދާޅުވީ ހޯދަމުންދަނީ “ރައިޑާ” ބްރޭންޑް ސިނގިރެޓުތަކެއް ކަމަށެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގަވާއިދާ ހިލާފަށް “ރައިޑާ” ބްރޭންޑްގެ ސިނގިރެޓް ތަކެއް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރޭވޭ މައްސަލައެއް އެ ސާރވިސް އިން ބަލަމުން ދާކަމަށާއި، އެ ބްރޭންޑުގެ ސިގިރޭޓުގެ ވިޔަފާރި އެއްވެސް ފަރާތަކުން ކުރަމުން އަންނަ ނަމަ އެސާރވިސްގެ ހިލޭގުޅޭނަމްބަރ 1416 އަށް ގުޅައި އެކަން އެންގުމަށް އެދޭކަމަށެވެ.

މީގެ ިއތުރުން ކްސްޓަމްސްއިން ބުނީ އެ އެންގުމާ ހިލާފަށް މި ބްރޭންޑްގެ ސިގިރޭޓުގެ ވިޔަފާރީގެ މުއާމަލާތް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކަސްޓަމްސް އިންއާންމުކޮށްފައި ވާ “ރައިޑާ” ބަރޭންޑްގެ ސިނގިރޭޓްގެ ފޮޓޯއިން ފެންނަ ގޮތުގައި ތަކެތި އެތެރެކޮށްފައިވަނީ “އެކިއުޓް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް” ކިޔާ ކުންފުންޏަކުންނެވެ. އެ ފޮށިތަކުގެ ބޭރުގައި ދުންފަތުން ލިބޭ ގެއްލުމުގެ އިންޒާރު ވެސް ދިވެހި ބަހުން ލިޔެފައި ހުއްޓެވެ.

ރާއްޖެއަށް ސިގިރޭޓު އެތެރެ ކުރެވެނީ އެކަމަށް ވަކި ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އަދި ސިގިރޭޓު އެތެރެކުރުމަށް ކޯޓާ ވެސް ހޯދަން ޖެހެ އެވެ.