English Edition
Dhivehi Edition

2019 ވަނަ އަހަރު އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަން މެޗުތަކުގައި ވާދަކުރުމަށް ގައުމީ 19 އަހަރުން ދަށުގެ އަންހެން ޓީމު ކިރިގިސްތާނަށް ރޭ ފުރައިފިއެވެ

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން އަލަށް ވާދަކުރާއިރު މިފަހަރުގެ ކޮލިފިކޭޝަންގައި ޖުމްލަ 24 ޓީމަކުން ވާދަކުރާނެއެވެ. ހަ ގްރޫޕަކަށް ބަހާލައިގެންކޮލިފިކޭޝަންގެ ފުރަތަމަ ބުރު ކުރިއަށްދާނީ ހަ ގައުމެއްގައެވެ

އޭޝިއާގެ އެންމެ ވަރުގަދަ ޓީމްތައް ބައިވެރިވާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ކޮލިފިކޭޝަން ގްރޫޕް ސީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އުޒުބަކިސްތާނާއި، ކިރިގިސްތާނުގެ އިތުރުން ގުއާމް އަދި ޔޫއޭއީއެވެ

އެންމެފަހުން ބޭއްވި އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ އެންމެ މޮޅު ތިން ޓީމު އަންނަ އަހަރުގެ މުބާރާތަށް އޮޓޮމެޓިކުން ކޮލިފައިވެފައިރު އެ ޓީމްތަކަކީ ޖަޕާނާއި އުތުރު ކޮރެއާ އަދި ޗައިނާއެވެ

ޓީމު ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ހެޑް ކޯޗު އަޒްމީ އަހުމަދު ބުނީ 18 އަހަރުން ދަށުގެ ކުޅުންތެރިން ހިމެނޭ މި ޓީމަކީ ވަރަށް އާ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށެވެ. އެހެންކަމުން މިއީ މުޅިން ތަފާތު ތަޖުރިބާއަކަށް ވާނެކަމަށެވެ.މީގެ އިތުރުން އަޒްމީ ބުނީ މިއީ ކުރިމަގަށް ބައްޓަން ކުރެވޭނެ ޓީމެއް ކަމަށާއި، މި ޓީމުގައި ހިމެނެނީ 14، 15 އަހަރުގެ ކުޅުންތެރިން ކަމަށެވެ. އަދި ގައުމީ ސީނިއާ ޓީމަށް މި ކުޅުންތެރިން ކުރިއަށް އޮތް ތަނުގައި ކުޅޭނެ ކަމަށް އަޒްމީ ވަނީ ބުނެފައެވެ