English Edition
Dhivehi Edition

ފްރާންސް ގައުމީ ޓީމުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ތަޖުރިބާކާރު ކުޅުން ތެރިޔާ ލޯރެން ކޮސީލްނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފިއެވެ.

އާސެނަލްއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޯރެން ކޮސީލްނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައިވާއިރު އޭނާ ބުނީ މިއަހަރު ރަޝިޔާގައި ބޭއްވުނު ފީފާ ވޯލްޑް ކަޕްގައި ނުކުޅެވުމުން ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށެވެ.

އުމުރުން 33އަހަރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން އޭނާ ބުނީ ފްރާންސް ވޯލްޑްކަޕް ކާމިޔާބު ކުރުމުން އޭނާއަށް ލިބުނު ނަފްސާނީ ގެއްލުން މާ ބޮޑު ކަމަށާއި އޭނާ ނެތި ޓީމް ތަށި އުފުލާލުމުން ދެރަވި ނަމަވެސް އެންމެ ބޮޑު މައްސަލަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު ކޯޗު ޑިޑިއެ ޑިޝޯމްޕްސް އޭނާއަަށްލިބިފައިވާ އަނިޔާ އާއި ބެހޭ ގޮތުން އެއްވެސް ވަރަކަށް އަޅާލާފައި ނުވާތީއެވެ.

ކޮސީލްނީ ބުނީ އޭނާއަށް އުމުރުން 33 އަހަރު ވެފައިވާއިރު ގައުމީ ޓީމް އާއި އެކު ދެ ޔޫރޯ އަދި އެއް ވޯލްޑް ކަޕް ކުޅެވިފައިވާ ކަމަށާއި އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާއަށް ގައުމީ ޓީމަށް ގިނަ ކަންތަކެއް ކޮށްދެވިއްޖެކަމަށެވެ. އެހެން ކަމުން މިވަގުތަކީ ފްރާންސް ޓީމުގައި ތިބި އިތުބާރު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައި ކުރިން ވެސް ބުނި ގޮތަށް ވޯލްޑްކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން މި ހިސާބުން ހުއްޓާލީކަމަށެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ކޮސްލީނީ ވަނީ ކޯޗު ޑިޝޯމްޕްސްއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ކޮޝިއެލްނީ ބުނީ ރަނގަޅު ފޯމުގައި ހުންނައިރު ރައްޓެހިން އަދި ކޯޗުގެ ވެސް ތައުރީފުގެ ބަސް ގިނަކަމަށާއި ނަމަވެސް އަނިޔާގައި މާގިނަ ދުވަސްވެ ފައިވާތީ ބައެއް މީހުން އޭނާގެ މަތިން ހަނދާން ވެސް ނެތުނު ކަމަށެވެ.

ފްރާންސްގެ ގައުމީ ޓީމަށް 2011 ވަނަ އަހަރު ކުޅެންފެށި ކޮސީލްނީ ވަނީ ގައުމީ ޓީމަށް 51 މެޗު ކުޅެދީފައެވެ. އޭގެ ފަހުން އޭނާ ވަނީ ގައުމީ ޓީމަށް 51 މެޗު ކުޅެދީފައެވެ