English Edition
Dhivehi Edition
ސްރީލަންކަންގެ އިޝްތިހާރެއް -- ޓްވިޓަރ

އިންޑިއާގެ އެންމެ ބޮޑު އެކްސްޕްރެސް ޑެލިވަރީ ސަރވިސް ދެމުން އަންނަ ‘ޑީޓީޑީސީ އެކްސްޕްރެސް’ އާއި ސްރީލަންކަން އެއާލައިންސް ކާގޯ ގުޅިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އެކްސްޕްރެސް ޑެލިވަރީގެ ހިދުމަތް ފަށައިފިއެވެ

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ހުވަދޫ އަތޮޅަށް އަމާޒުކޮށްގެން ސްރީލަންކަން އިން ފެށި ހިދުމަތުގެ ދަށުން ޕާރުސަލްތަކާއި ލިޔެކިޔުންތައް އެއް ތަނުން އަނެއް ތަނަށް ފޮނުވުމުގެ ހުރިހާ ހިދުމަތެއް ލިބިގެންދާނެއެވެ. އަދި މި ހިދުމަތް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ބޭނުން އެއްޗެއް ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މި ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެންމެ ދެކުނުން، ސްރީލަންކާގެ ކޮލޮމްބޯ އަށް އެއްދުވަސްތެރޭ ޕާރުސަލް ފޮނުވޭނެ ކަމަށް ސްރީލަންކަން އެއަރލައިންސް އިން ވަނީ ބުނެފައެވެ

ސްރީލަންކަން އެއަރލައިންސް މެދުވެރިކޮށް ޑީޓީޑީސީ އިން ފޯރުކޮށްދޭ މި ޚިދުމަތުގެ ތެރެއިން ފޮނުވާ ޕާރުސަލްތައް އޮންލައިންކޮށް ޓްރެކް ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފައިވާއިރު، ބޭނުން ނަމަ ޕާރުސަލް ބަލައި ގެއަށް ގޮސް، ބޭނުން ތަނަކަށް ޕާރުސަލް ފޯރުކޮށްދިނުމުގެ ހިދުމަތް ވެސް ޑީޓީޑީސީން ދެއެވެ

މި ހިދުމަތަށް ދިވެހި ރުފިޔާ އިން ވެސް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ޑީޓީޑީސީން މައުލޫމާތުދެއެވެ.