English Edition
Dhivehi Edition

މި ސަރުކާރުން ދިވެހިރާއްޖެ މިއޮތީ ނުއަގުގައި ވިއްކާ ހުސްކޮށްފައި ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ތަރައްޤީއަށްޓަކައި ނަގާ ކޮންމެ ލޯނެއް ނަގާފައިވަނީ ކޮމާޝަލް ލޯނުގެ ގޮތުގައި އަށް ޕަސެންޓް، ދިހަ ޕަސެންޓް އަދި ބާރަ ޕަސެންޓްގައި ކަމަށެވެ. އަދި އެއްގޮތަކަށްވެސް ބޭރުގެ މާލީ އިދާރާއަކުން ކޮންސިޝަނަލް ލޯނެއް ލިބޭތަނެއް ނުފެންނަ ކަމަށް އިބޫ ވިދާޅުވިއެވެ

ރައީސް ޔާމީންގެ އިޤްތިސާދީ ސިޔާސަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަމުން އިބޫ ވިދާޅުވީ ލޯނު ނަގަން ޖެހޭނެކަމަށާއި އެހެންނަމަވެސް އެލޯނު ނަގާފައި އެލޯނު އަނބުރާ ދެއްކޭނެ ގޮތެއްވެސް އޮންނަން ޖެހޭނެކަމަށެވެ. މީގެ އިތުރުން އިބޫ ވިދާޅުވީ މިއަދު ރާއްޖޭގައި ތަރައްޤީގެ މަޝްރޫއެއް ހިންގިކަމުގައިވިޔަސް އަދި ވެރިކަން ހިންގުމަށް ބޭނުންވާ ރިކަރަންޓް ޚަރަދު ކުރިކަމުގައިވިއަސް މިކުރަނީ ރާއްޖޭގައިހުރި އެސެޓްތައް ވިއްކައިގެން ނުވަތަ ކުއްޔަށް ދީގެންކަމަށެވެ. އަދި  މުސްތަޤްބަލްގައި  އާމްދަނީ ހޯދަންހުރި ތަކެތި  މިއަދު ވިއްކާ ހުސްކޮށްފައި ވަނީ ނުއަގުގައި ކަމަށެވެ.