English Edition
Dhivehi Edition

އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ، ‘ވިމެން އެންޑް ޑިމޮކްރަސީ’ އިން  އަންހެނުން ބާރުވެރިކޮށް، ސިޔާސީ ދާއިރާއަށް އަންހެނުން ނެރުމުގެ މަޤްސަދުގައި އައްޑޫގައި ބޭއްވި  ޕްރޮޖެކްޓް ވިޕް4 ގެ ޚާއްސަ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ

ޕްރޮޖެކްޓް ވިޕް4 ގެ އައްޑޫގެ ޕްރޮގްރާމް  ނިންމުމުގެ ރަސްމިއްޔާތު ރޭ އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވިއެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމު ކާމިޔާބު ކަމާއެކު ނިންމި ފަރާތްތަކަށާއި ޕްރޮގްރާމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ހަނދާނީ ލިޔުން ޙަވާލުކުރެވުނެވެ

.

ޕްރޮޖެކްޓް ވިޕް4 އަކީ ރާއްޖޭގައި ހުންނަ ކެނަޑާގެ އެމްބަސީއާއި  ސްރީލަންކާގެ ކެނޭޑިއަން އެމްބަސީއާ ގުޅިގެން ވިމެން އިން ޑިމޮކްރަސީ ޖަމިއްޔާއަށް ތާއީދުކޮށް އެ ޖަމިއްޔާއިން ސިޔާސީ ދާއިރާއިން އަންހެނުން ބާރުވެރިކުރުވަން ހިންގާ ޕްރޮޖެކްޓެ

.

ރޭގެ ރަސްމިއްޔާތުގައި ވިމެން އެންޑް ޑިމޮކްރަސީގެ ރައީސާއަދި ފައުންޑަރ ސަފާއަތު އަހުމަދު ޒާހިރު ވިދާޅުވީ އައްޑޫގައި ބޭއްވުނު މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށެވެ. އަދި އައްޑޫ އިން ލީޑަރުންތަކެއް ފެނިގެން ގޮސްފިކަމަށެވެ. އަދި މުސްތަޤްބަލުގައި ޕްރޮގްރާމުގެ ބައިވެރިންނާއިގުޅިގެން އަންހެނުން އިސް ސަފުތަކަށް ނެރެން މަސައްކަތް ކުރައްވާނެ ކަމަށާއި   މި ޕްރޮގްރާމްގުެ ތެރެއިން ތަމްރީނު ލިބުނު ބައިވެރިން މުސްތަޤުބަލުގައި ސިޔާސީ މަޤާމުތަކުނާއި ލީޑަރޝިޕް މަޤާމުތަކުން ފެންނާނެ ކަމުގައި ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ

ޕްރޮގްރާމުގެ ބައިވެރިންގެ ފަރާތުން ވާހަކަ ދެއްކެވި ދެ ބައިވެރިން ވެސް އައްޑޫގައި މި ޕްރޮގްރާމް ހިންގީތީ އުފާ ފާޅުކުރިއެވެ. އަދި އަންހެނުންނަކީ ސިޔާސީ ދާއިރާގެ ޑިސިޝަން މޭކިން ލެވެލްގައި ވެސް މަސައްކަތް  ކުރެވޭނެ ޤާބިލު ބައެއް ކަމުގައި ޤަބޫލު ކުރާކަމަށާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމަކީ އަންހެނުންގެ އަޑުތައް އިއްވައި އަންހެނުންގެ ހައްޤުތައް ހޯދުމަށް ވަރަށް މުހިއްމު ކަމެއް ކަމުގައި މިހާރު ޤަބޫލު ކުރާކަމުގައިވެސް ހާމަކުރިއެވެ.

ވިމެން އެންޑް ޑިމޮކްރަސީ އާއި އައްޑޫ ވިމެންސް އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ  ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ޖަމްޝީދާ މުޙައްމަދެވެ.

ރަސްމިއްޔާތުގައި ވާހކަ ދައްކަވަމުން މިފަދަ ޕްރޮގްރާމެއް އައްޑޫގައި ކުރިއަށް ގެންދެވި ކަމަށްޓަކައި ވިމެން އިން ޑިމޮކްރަސީ އާއި އައްޑޫ ވިމެންސް އެސޯސިއޭޝަނަށް ޝުކުރުދެންނެވިއެވެ. އަދި އަންހެނުން ސިޔާސީ މަޤާމުތަކަށް ނުކުތުމަށް ހިތްވަރުދެއްވިއެވެ

ރޭގެ ރަސްމިއްޔާތުގައި އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ކޯޑިނޭޓަރ ގުލްފިޝާމުވެސް ބައިވެރިވެ ވަޑައިގަތެވެ.