English Edition
Dhivehi Edition

އިއްޔެ ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން ނެގި ވޯޓަކުން އެގައުމުގެ ހުރިހާ ސްކޫލެއްގައިވެސް ސްކޫލް ދަރިވަރުން ސްމާޓް ފޯނާއި ޓެބްލެޓް ބޭނުންކުރުން މަނާކޮށްފިއެވެ.

15 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލް ގަޑީގައި ސްމާޓް ފޯނާއި ޓެބްލެޓް ބޭނުން ނުކުރެވޭ ގޮތަށް ހެދީ ފްރާންސްގެ ރައީސް އިމްމަނުއެލް މެކްރޯންގެ އެންގެވުމުގެ މަތިންނެވެ.

ރައީސް މިގޮތައް ނިންމެވީ ސްކޫލް ދަރިވަރުން ގިނަ ވަގުތު ބޭކާރު ގޮތުގައި ފޯނާއި ޓެބްލެޓްގެ ތެރޭގައި އުޅޭތީ އެކުދިން އެކަމުން ދުރުކޮށް ދުނިޔެއަށް ލޯހުޅުވައި ދިނުމުގެ ބޭނުމުގައެވެ.

މިގޮތަށް މިކަން ނިންމެވި ނަމަވެސް ސްކޫލް ގަޑި ނޫން އެހެން ހުރިހާ ގަޑިއެއްގައި ދަރިވަރުންނަށް ފޯން ބޭނުންކުރެވޭނެއެވެ. އަދި އިތުރު ހަރަކާތް ތަކުގައި އާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފޯން ބޭނުންކުރެވޭނެ ކަމަށް އެގަވައިދުގައިވެއެވެ. މީގެ ކުރިންވެސް މިކަހަލަ ގަވާއިދެއް 2010 ވަނަ އަހަރު ފްރާންސްގައި ހެދިއެވެ. އެގަވާއިދުގައި ދަރިވަރުންނަށް ކްލާސް ގަޑީގައި ފޯން ބޭނުން ނުކުރެވޭގޮތަށް ހެދިއެވެ.

ފްރާންސްގައި 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކޮންމެ 10 ކުދިންގެ ތެރެއިން 9 ކުދިން ސްމާޓް ފޯން ބޭނުންކުރެއެވެ.