ސ.އަތޮޅު ސްކޫލުން ޕްރިފެކްޓް ޑޭ ފާހަގަކޮށްފި
1 އަހރު ކުރިން
ސްކޫލް މީޑިއާ

ލިޔުނީ: މުހުއްމަދު ހިޒްޔަމް ހާމިދު (ސ. އަތޮޅުމަދަރުސާ ސްކޫލް މީޑިއާ)

ސ.އަތޮޅު ސްކޫލުން ޕްރިފެކްޓް ޑޭ ފާހަގަކޮށްފިއެވެ.

Advt

Advertisement

ސްކޫލުގެ ޕްރިފެކްޓުންނާއެކު ކުރިއަށް ގެންދިޔަ މި ދުވަހުގައި އެކިއެކި ޙަރަކާތްތަކާއި ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެސްކޫލުގެ މުސްކުޅި ދަރިވަރެއް ކަމުގައިވާ މުޙައްމަދު އިޒްމާން ކުރިއަށް ގެންދިޔަ ސްޓަޑީ ސްކިލްސް ކްލާހަކާއި، އެސްކޫލުގެ މުސްކުޅި ދަރިވަރެއްކަމަށްވާ މުސްލިފާ ކުރިއަށްގެންދިޔަ ކެރިއަރ ގައިޑެންސް ސެޝަނަކާއި ސ.އަތޮޅު ސްކޫލްގެ އިސްލާމް އެޗް.އޯ.ޑީ ކުރިއަށް ގެންދިޔަ ސެލްފް ޑިސިޕްލިން ސެޝަނެއްވެސް ހިމެނެއެވެ.

މެންދުރު ނަމާދު ކުރުމަށްފަހު ކުޅިވަރުގެ ޙަރަކާތްތަކަށް ޕްރިފެކްޓުން ވަނީ އީދިގަމޫލު އަތިރަށްގޮސްފައެވެ. އަދި ކުދިންގެ ޓީމް ވޯރކް ދައްކުވައިދޭ ގޭމުތައް ކުޅެ، ސެލްފް ކޮންފިޑެންސް ބޫސްޓް ވާނެ ފަދަ ޙަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަހަރު އަލަށް އިންތިޚާބުވި ޕްރިފެކްޓުންނަށް ލިބުނު އައު ތަޖުރިބާއާއެކު ޕްރިފެކްޓުން ސިފަކޮށްފައިވަނީ މިދުވަސް ވަރަށް އުފާވެރި އަދި ހިތްހަމަ ޖެހޭ ދުވަހަކަށް ކަމަށެވެ.

ދުވަހުގެ ޙަރަކާތްތައް ނިންމާލުމަށްޓަކައި ވާހަކަދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ ވިދާޅުވީ މިއީ މިދުވަސް ފާހަގަކުރާތާ 8 ވަނަ އަހަރުކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ދުވަސްތަކާއެކު ޚާއްޞަ ސެޝަންތަކެއް ޕްރިފެކްޓުންގެ ލީޑަރޝިޕް ބޫސްޓުކުރުމަށް ނެގިގެން ދާނެކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން މެޑަމް ޒީނިޔާ ވިދާޅުވީ މިދުވަސް ފާހަގަކުރުމުގެ ސަބަބުން އެއް ޕްރިފެކްޓަކު އަނެއް ޕްރިފެކްޓަކާ ގުޅިގެން މަސައްކަތްކުރަން ދަސްވާނެކަމަށެވެ. އަދި ދަރިވަރުންގެ ފަރާތުން ޕޮޒިޓިވް ފީޑްބެކް އަންނާނެކަމަށް އުންމީދު ކުރާ ކަމަށެވެ.

ޕްރިފެކްޓް ޑޭ ފާހަގަކުރުމަށްޓަކައި ގިނަ ސްކޫލުތަކުން ވަނީ ފިލްޑް ޓްރިޕްސްތަކާއި ސްޓަޑީ ޓުއަރސްތައް ކުރިއަށް ގެންގޮސްފައެވެ.