ފާއިތުވެ ދިޔަ 30 އަހަރުތެރޭގައި އިންޑިޔާގެ މޫސުމަށް އައި ބަދަލުތަކާއި ގުޅިގެން ދަނޑުވެރިކަންކުރާ ގިނަ އަދަދެއްގެ ބަޔަކު އަމިއްލައަށް މަރުވެފައިވާކަމަށް އެޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. އިތުރަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު 60000 އަށް ވުރެ ގިނަ ދަނޑުވެރިންނާއި އެމީހުންގެ އާއިލާތައް ފާއިތުވެ ދިޔަ 30 އަހަރުތެރޭގައި އަމިއްލައަށް މަރުވެފައިވާކަމަށް ބެލެވެއެވެ. އިންޑިޔާގެ މޫސުމީ ބަދަލުތަކުގެ ސަބަބުން އެޤައުމުގެ ބައެއް މުޖުތަމަޢު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އިންޑިއާގެ މި ކަންބޮޑުވުމާއި ގުޅިގެން ޔުނިވާރސިޓީ އޮފް ކެލިފޯނިއާއިން ދާދި ފަހުން ހެދި ދިރާސާ އަކުން އެނގުނު ގޮތުގައި އިންޑިޔާގައި ދުވާލަކު 1 ސެލްސިއަސް އަށް ހޫނު ގަދަވަމުންދާނަމަ ކޮންމެ ދުވަހަކު 67 މީހުން އަމިއްލައަށް މަރުވެއެވެ. އަދި ދުވާލަކު 5 ސެލްސިއަސް އަށް ހޫނު ގަދަވާނަމަ އިތުރު 335 މީހުން މަރުވާނެކަމެވެ. މިދިރާސާއަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން ފާއިތުވެ ދިޔަ 30 އަހަރު 59300 މީހުން މަރުވެފައި ވުމީ ވެދާނެކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގައި އިންޑިޔާގެ ދަނޑުވެރި ސްޓޭޓަކުން 852 މީހުން އަމިއްލަ އަށް މަރުވެފައިވާކަމަށް ރިޕޯޓް ކޮށްފައިވާއިރު 2015 ވަނަ އަހަރު 12602 މީހުން މުޅި އިންޑިޔާއިން މިގޮތަށް މަރުވެފައިވާކަމަށް ރިޕޯޓް ކޮށްފައިވެއެވެ. 1995 އިން ފެށިގެން މިހާތަނަށް 300000 އަށް ވުރެ ގިނަ މީހުން މިގޮތަށް މަރުވެފައިވާކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. ފާއިތުވެދިޔަ އަހަރު އިންޑިޔާގައި އަމިއްލައަށް މަރުވެފައިވާ ދަނޑުވެރިންގެ އަދަދު މަދުވެފައި ވީނަމަވެސް، ބައެއް ސްޓޭޓަސްގައި އެއްވަރެއްގައި ހުރިކަމަށް އެޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ. އަމިއްލައަށް މަރުވާ މީހުން ގެ އަދަދު މަދުކުރުމަށްޓަކައި ސަރުކާރުން މިދިޔަ އަހަރު 1 ބިލިޔަން ޕައުންޑްގެ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކޮށްފައިވެއެވެ.