English Edition
Dhivehi Edition

އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި ޖޯޖް ސަމްޕައޯލީ އާޖެންޓީނާ ގައުމީ ޓީމްގެ ކޯޗު ކަމުން ވަކިކޮށްފިއެވެ.

އުމުރުން 50 އަހަރުގެ ސަމްޕޮލީ މަގާމުން ދުރުކޮށްފައި ވަނީ މި ފަހަރު ރަޝިޔާގައި ކުރިއަތް ދިޔަ ވޯލްޑް ކަޕްގައި އާޖެންޓީނާގެ އިން ނެރުނު ދަތް ނަތީޖާ ތަކުގެ ސަބަބުން ޓީމްގެ ސީނިޔާ ގިނަ ކުޅުން ތެރިން އަދި ސަޕޯޓަރުންގެ ފާޑުކިޔުންތަ ސަމްޕައޮލީއަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން ބްރެޒިލް ގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި އާޖެންޓީނާ މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ކެޓީ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ފްރާންސް އަތުން 3-4 އިން ބަލިވުމުންނެވެ.
ވޯލްޑް ކަޕަށް ވަރަށް ހާލުގައި ކޮލިފައިވި އާޖެންޓީނާ ވޯލްޑް ކަޕްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ ގްރޫޕް ސްޓޭޖުގައި ނައިޖީރިއާ އަތުން އެކަންޏެވެ. އަނެއް ދެ މެޗުގެ ތެރެއިން އައިސްލެންޑާ 1-1 އިން އެއްވަރުވި އިރު ކްރޮއޭޝިއާ އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އިދާރާއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސަމްޕައޯލީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ގައި ބާކީ އަދި ހަތަރު އަހަރު އޮތް ނަމަވެސް ސަމްޕޮލީ އާއި ކުރެވުނު މަޝްވަރާ ތަކަށް ފަހު އޭނާ މަގާމުން އިސްތިއުފާ ދޭން ނިންމާފައިވާކަމަށެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން އާޖެންޓީނާ އަށް މޮޅެއް ހޯދޭގޮތް ނުވިއިރު މިއީ 1974 ވަނަ އަހަރަށްފަހު އެޓީމަށް ގްރޫޕްގެ ފުރަތަމަ ދެ މެޗުން މޮޅެއް ނުހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވ

ވޯލްޑް ކަޕްގައި ނެރުނު ދަށް ނަތީޖާގެ ސަބަބުން އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ވަނީ ސަމްޕައޯލީ މަގާމުން ދުރުކުރަން އާޖެންޓީނާ ފުޓްބޯޅަ ފެޑަރޭޝަންގައި އެދިފައެވެ.އަދި އޭނާ ވަނީ އެއްވެސް މުސާރައަކާއި ނުލާއި އޭނާ އާއި އާޖެންޓީނާ ގައުމީ ޓީމްގެ ކޯޗުކަން ހަވާލު ކުރަން ވެސް އެދިފައެވެ.