English Edition
Dhivehi Edition

އެޗްބީއޯގެ ޑޭޓާ ބޭސް ހެކްކޮށް ގޭމް އޮފް ތްރޯންސްގެ އެޕިސޯޑުގެ ސްކްރިޕްޓް އަދި އެ ސީރީޒްގެ ހަތަރުވަނަ އެޕިސޯޑް ލީކުކޮށްލައިފިއެވެ.އެ ސީރީޒްގެ އެޕިސޯޑުތައް ދައްކަމުންދާ މަޝްހޫރު ޓީވީ ޗެނަލް އެޗްބީއޯ ހެކް ކުރި ފަރާތުން ބުނެފައިވަނީ އެޗްބީއޯގެ ޑޭޓާބޭސްގައި ހިމެނޭ މައުލޫމާތުތަކުގެ ތެރެއިން 1.5 ޓެރަބައިޓުގެ މައުލޫމާތު އެމީހުން ހޯދާފައިވާ ކަމަށެވެ. ހެކަރުންގެ މީހުން މިހާރުވަނީ ގޭމްސް އޮފް ތްރޯންސްގެ އިތުރުން ބެލާސް އެންޑް ރޫމް 104 ވެސް ލީކުކޮށްފައެވެ. އަދި ކުރިއަށް އޮށް ދުވަސްތަކުގައި މިފަދަ ހުރިހާ އެއްޗެއް ލީކުކުރާނެކަމަށް އެމީހުން ވަނީ ބުނެފައެވެ. އެޗްބީއޯއިން ވެސް ވަނީ ހެކަރުންގެ ހަމަލާތަކެއް އެ ޗެނަލަށް އަމާޒުވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ. މިކަމާއި ގުޅިގެން އެޗްބީއޯގެ ޗެއާމަން އަދި ސީއީއޯ ރިޗާޑް ޕިލިޕްލާ ވަނީ އެ ޗެނަލްގެ ހުރިހާ މުއައްޒަފުންނަށް ސަމާލުވެ ތިބުމަށް ގޮވާލާފައެވެ. މިހާރު މި މައްސަލަކަމާ ބެހޭ އިދަރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް އެޗްބީ އޯ އިން ވަނީ ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ހެކަރުންގެ އަތް ދަށަށް ގޮސްފައިވާ ގޭމް އޮފް ތްރޯންސްގެ ސްކްރިޕްޓްތަކުގެ ތެރޭގައި ހިމެނެނީ މިހާރު އެ ސިލްސިލާގައި ދައްކަމުންދާ ސީޒަން ހަތެއްގެ އެޕިސޯޑު ހަތަރަކުން ފެށިގެން އެޕިސޯޑު ހަތެއްގެ ސްކްރިޕްޓް އެވެ. މިއީ ކުރިއަށް ދައްކަން ހުރި އެޕިސޯޑު ތަކެވެ. މިދިޔަ އާދިއްތަ ދުވަހު ގިނަ ރިޕޯޓަރުންނަށް ހެކަރުން ވަނީ އެޗްބީއޯ ހެކްކޮށް ގޭމްސް އޮފް ތްރޯންސް ލީކުކޮށްފައިވާ ކަމަށް ބުނެ އީމެއިލް ފޮނުވާފައެވެ. އަދި އެންމެ އަވަހަށް މި ސީރީޒް ޑައުންލޯޑްކޮށް ދުނިޔެއަށް ފަތުރާ ފަރާތެއްގެ ހާއްސަ އިންޓަވިއުއް ބާއްވާނެކަމަށް ވަނީ ހާމަކޮށްފައެވެ.  

ޓެގު