English Edition
Dhivehi Edition

އައްޑޫސިޓީގެ އަންހެނުންނަށް ހޮސްޕިޓަލިޓީ ސްކިލްސް ޓްރެއިނިން ޕްރޮގްރާމެއް ހިންގަން ނިންމައި އެކަން އިޢުލާން ކޮށްފިއެވެ. މިއީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓު ކޮމިޓީ (ޑަބްލިޔުޑީސީ) އިން އިސްނަގައިގެން ބާއްވާ ޓްރެއިނިން ޕްރޮގްރާމެކެވެ. ޑަބްލިޔުޑީސީން މިހާރުވަނީ މި ކޯހަށް ކުރިމަތިލާން ބޭނުންވާ އަންހެނުންނަށް އެފުރުސަތު ހުޅުވައިފައެވެ. އައްޑޫސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ މިކޯހުގައި އިންތިޚާބީ ކޮންމެ ދާއިރާއަކުން 3 މީހަކަށް ފުރުސަތުވަނީ ހުޅުވައިފައެވެ. އެއީ ހިތަދޫ އުތުރުދާއިރާ، ހިތަދޫ މެދުދާއިރާ، ހިތަދޫ ދެކުނުދާއިރާ، މަރަދޫދާއިރާ، ފޭދޫ ދާއިރާ، މީދޫ ދާއިރާ، ހުޅުދޫ ދާއިރާއެވެ. ޑަބްލިޔުޑީސީގެ ނާއިބު ރައީސާ އާމިނަތު ޝިހާބު ވިދާޅުވީ މިކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ގުރޭޑް 7 ގެ ފެންވަރު ހުރުންކަމަށެވެ. އިންތިޚާބީ ހަތްދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ފޯމެވެ. ފޯމުދޫކުރުމާއި ބަލައިގަންނާނީ އައްޑޫސިޓީ އަވަށްތަކުގެ އޮފީސް ތަކުންނެވެ.