English Edition
Dhivehi Edition

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ފާޑު ކިޔާ ފަރާތްތަކަށް އޭނާގެ މަންމަ ސެލިއާ ކުސިއިޓިނީ ރައްދު ދީފިއެވެ

ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އާއި އައިސްލޭންޑު ބައްދަލުކުރި މެޗުން އާޖެންޓީނާ މޮޅުނުވެ ނަތީޖާ ހަމަހަމަވީ މެސީއާއި ހެދި ކަމަށް ބުނެ ގިނަ ބަޔަކު މެސީއަށް ފާޑުކިޔަމުންދާއިރު މެސީގެ މަންމަ ބުނެފައިވަނީ މެސީ އަކީ އާޖެންޓީނާ ދެކެ ލޯބިވާ ކުޅުންތެރިއެއް ކަމަށާއި މެސީއަށް ފާޑު ކިޔުމުގެ ކުރިން އާޖެންޓީނާއަށް މެސީކޮށްދިން ކަންތައްތަކާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ

މީގެ އިތުރުން މެސީގެ މަންމަ ބުނެފައިވަނީ މެސީގެ އެންމެ ބޮޑު އުންމީދަކީ އާޖެންޓީނާއާއި އެކު ވޯލްޑްކަޕްގެ ތަށި އުފުލާލުން ކަމަށާއި އެކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް މެސީ ކުރާނެ ކަމަށެވެ