English Edition
Dhivehi Edition

ބޭނުންވާތަކެތި: 

2 ސައިސަމްސާ ގީ

2 ޖޯޑު ކައްކާފައި ހުރި ބަތް

1/3 ޖޯޑު ގްރީންޕީސް

1 ޖޯޑު ކައްކާފައި ހުރި ޕްރައުންސް

1 ސައިސަމްސާ ލައިޓް ސޯޔާސޯސް

1 ޖޯޑް ކުދިކޮށް ކޮށާފައި ހުރި ފިޔާ

2 ލޮނުމެދު ކުދިކޮށް ކޮށާފައި

1 އިންޗް އިނގުރު ގާނާފައި

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ ތަވައެއްގައި ގީ ކޮޅުހޫނުކޮށްލާށެވެ. އެއަށްފަހު ފިޔާ، ލޮނުމެދު، އިނގުރު އަޅާފައި މުށިކުލަ އަރަންދެން ފިޔާ މީރުކޮށްލާށެވެ.  ދެން ޕްރައުންސް އަޅާލުމަށްފަހު 1 – 2 މިނެޓް ވަންދެން ކައްކާލާށެވެ. ދެން ކައްކާފައި ހުރި ބަތް ކޮޅު އަދި ގްރީން ޕީސް އެޅުމަށްފަހު ހުރިހާ އެއްޗެއް އެކޮށްލުމަށް ފަހު 3 މިނެޓްވަންދެން ކައްކާލާށެވެ.  3 މިނެޓްވަންދެން ކެއްކުމަށްފަހު ސޯޔާސޯސް އެޅުމަށްފަހު ސަމްސަލުން ރަނގަޅަށް ބަތާއި ހުރިހާ ބާވަތެއް އެކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ.