ކާރުބާރު ބޮޑު ސިޓީއެއްގައި ނުވަތަ އެފަދަ ސިޓީއެއްގެ ކައިރީގައި ދިރިއުޅޭނަމަ ކާރެއް ގަތުމަކީ މޮޔަކަމެކެވެ. އަމިއްލަ ކާރެއް ގެންގުޅުމަކީ ގިނަ ޚަރަދު ހިނގާނެކަމެކެވެ. އެހެންނަމަވެސް އެހަރަދުތައް ކުރެވޭވަރަށް ފައިސާހުރެ، އަމިއްލަ ކާރެއް އޮތުމަށް އެދޭނަމަ އެކަން ކުރުން އެއީ ނެތްކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް ކާރެއް ގަތުމުގެ ކުރިން އެމީހެއްގެ ދިރިއުޅުމުގެ ފެންވަރާއިމެދު ވިސްނާލައެވެ. އެގޮތުން ލިބޭ އާމްދަނީން ކާރަށް ފައިސާ ދައްކާފައި ދެކޮޅު ޖެހޭތޯވެސް ބަލާނެއެވެ. އެކަށީގެންވާ ރަނގަޅު އިންޝުއަރެންސް ޚިދުމަތެއް ފަސޭހައިން ލިބެން ހުރިތޯ ވެސް ބަލާނެއެވެ. އަދި ކާރަށް އަޅާނެ ތެޔޮ ކިހާ ހެޔޮ އަގެއްގައި ލިބޭނެތޯވެސް ވިސްނާނެއެވެ. މިހުރިހާ ކަމަކަށް ވުރެ ބޮޑަށް ކާރެއް ލިބިގަތުމަށް ބޭނުންވެފައި ހުންނަވަރު ހިމެެނެއެވެ. އެހެންނަމަވެސް ވިސްނާލަމާ ހިނގާށެވެ. މިސާލަކަށް ކާރުގެ ބޭނުން ޖެހެނީ ކޮންމެ ދުވަހަކު އެއްފަހަރެވެ. ނުވަތަ ހަފްތާ ބަންދުގައި އެކަންޏެވެ. ނުވަތަ މަހަކު ދެފަހަރެވެ. މިހެންވެއްޖެއްޔާ ކާރެއް ގަތުމަށްވުރެ ކުއްޔަ ކާރެއް ނެގުން ރަނގަޅުނުވާނެ ހެއްޔެވެ؟ ކުލީ ކާރު ނެގުމުން ޕާރކް ކުރުން ނުވަތަ ގަރާޖްގެ މައްސަލަ ވެސް ހައްލުވީއެވެ. އަގުބޮޑު އިންޝުއަރެންސް ގެ މައްސަލަ އާއި ކާރަށް ބޭނުންވާ ހަކަތަ ގަތުމަށްދާ ޚަރަދު ވެސް ކުޑަވީއެވެ. އަދި ކާރަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ވެސް ސަލާމަތްވީއެވެ. ކާރު ކުއްޔަށްދޭ ބައެއް ފަރާތްތަކުން ގަޑިއަކަށް -/200 ރުފިޔާއަށް ކާރު ދެއެވެ. މިގޮތަށް ބަލާނަމަ ހަފްތާއަކު އެއްފަހަރު ވިޔަފާރި ކޮށްލަންދާން 02 ގަޑިއިރަށް ކާރު ކުއްޔަށް ހިފުމުން ކާރެއް ގަނެ އެއަށް ޚަރަދުކުރުމާއި އެއްވަރު ނުވާނެއެވެ. މީގެ އިތުރުން އެހެނިހެން ދަތުރުކުރުމަށް ދަތުރު ފައިސާ ދީފައި ކާރެއްގައި ދިޔުމުން ޚަރަދު ކުޑަވެއެވެ. ބޭރުގެ އެހެން ޤައުމުތަކުގައިވެސް މިގޮތަށް އަމަލުކުރެއެވެ. ޙާއްސަކޮށް ކޮލެޖްތަކުގައި އުޅޭ ކުދިންނަށް މިގޮތަކީ ވަރަށް ފަސޭހަ ގޮތެކެވެ. އަދި އާއްމު ދަތުރުފަތުރުގެ ނިޒާމުގައި ހިމެނޭ ބަސް ބޭނުންކުރުންވެސް އެއީ އާއްމުކަމެކެވެ. އާއިލާގައި ކުދިންތިބެފައި، ކުރަންޖެހޭ ދަތުރުތަކަކީ ގިނަ އަދި ދުރު ދަތުރުތަކަކަށް ވާނަމަ ކާރެއް އޮތުން މުހިއްމެވެ. އެހެންނަމަވެސް ރާއްޖޭގެ ރަށްތަކަކީ ކުދި ރަށްތަކަކަށް ވުމުން މިކަމަކީ ކާރެއް ގަތުމަށް އޮތް ހަމައެކަނި ސަބަބު ކަމަށް ބުނެވޭކަށް ނެތެވެ. ރައްޓެހިންނާއެކު ބުރުޖަހާލަން، ނުވަތަ ގޭގައި ކާރެއް އޮތުމަށް ބޭނުންވެގެން ކާރެއް ގަތުމަކީ އެންމެ ރަނގަޅު ސަބަބެއް ނޫނެވެ. ދުނިޔޭގައި އުޅޭ އެންމެން ކާރު ގަތުމުގެ ބަދަލުގައި، ‘ފްލެކްސިޕަލް’ ގޮތްތައްކަށް އަމަލުކުރާނަމަ ދުނިޔެއަށް ވަރަށް ގިނަ ބަލަދުތައް އަންނާނެއެވެ. އެގޮތުން ކާރުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރެވި، މަގުތަކުގެ ޓްރެފިކް މައްސަލަތައް މަދުކުރެވި، ބޭކާރުގޮތުގައި ފައިސާ ހަރަދު ނުކުރެވި ސަލާމަތް ކުރެވޭނެއެވެ. އެހެންނަމަވެސް އަމިއްލަ ކާރެއް އޮތުމުން އެކަމުގެ ހިތްހަމަޖެހުން ލިބޭކަމަށް ގިނަ މީހުން ބުނެއެވެ.