English Edition
Dhivehi Edition

އައްޑޫސިޓީގެ ގަމުގައި ހިންގަމުންދާ އީކުއޭޓަރ ވިލެޖުން މިނިވަން ދުވަހަށް ޚާއްޞަކޮށްގެން 3 ޕެކޭޖެއް ތައާރަފްކޮށްފިއެވެ. 25ޖުލައި އިން 30 ޖުލައިގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި 80 ޑޮލަރުގެ ޕެކޭޖަކާއި 99 ޑޮލަރ އަދި 130ޑޮލަރުގެ ޕެކޭޖް ހިމެނެއެވެ. މި ޕެކޭޖް ތަކުގެ ތެރެއިން 80 ޑޮލަރުގެ ޕެކޭޖްގައި މަދުވެގެން 6 ގަޑި އިރަށް ރޫމެއްގައި ތިބެވޭއިރު ސްވިމިން ޕޫލް ބޭނުން ކުރުމާއި އަދި މެންދުރުގެ ކެއުން 2 މީހަކަށް ލިބެއެވެ. 2 މީހުންގެ އިތުރަށް 13 އަހަރުން ދަށުގެ ކުޑަ ކުއްޖަކު އިތުރުކުރާނަމަ 10 ޑޮލަރު އިތުރަށް ދައްކަން ޖެހެއެވެ. 99 ޑޮލަރު ގައި ފުލް ބޯޑުގައި ރިސޯޓުގެ ރޫމެއްގައި 1 ދުވަހަށް ތިބެވޭއިރު 130 ޑޮލަރުގެ ޕެކޭޖުގައި ރިސޯޓުގެ ހުރިހާ ޚިދުމަތްތަކެއް ލިބިގެން 1 ދުވަހަށް ކޮޓަރިއެއްގައި ތިބެވެއެވެ. ހުރިހާ ޕެކޭޖެއްގައިވެސް އުމުރުން 3 އަހަރު ނުވާ ކުޑަކުދިންނަށް އެއްވެސް އަގެއް ނުނަގާނެއެވެ. އީކުއޭޓަރ އިން ފިތުރު ޢީދު ބަންދަށް ޚާއްޞަކޮށްގެން ވެސް މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ޕްރޮމޯޝަނަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އީކުއޭޓަރ ވިލެޖުން ބުނެއެވެ.