މެލޭޝިޔާގެ އާއްމު އިންތިހާބުގައި ރާއްޖޭގެ މަންދޫބުން ހަރަކާތްތެރިވާނެ
1 އަހރު ކުރިން
އާމިނަތު ޚާލިސާ

މެލޭޝިއާގައި އާއްމު އިންތިޚާބު އޮބްޒާވްކުރުމުގައި ރާއްޖޭގެ މަންދޫބުން ހަރަކާތްތެރިވާން ފަށައިފިއެވެ

މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ އާއްމު އިންތިޚާބު އޮބްޒާވްކުރުމުގައި ރައްޖޭގެ ފަރާތުން ހަރަކާތްތެރިވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް އާއި އެ ކޮމިޝަން މެންބަރ އަޙްމަދު އަކްރަމްއެވެ

Advt

Advertisement

މި އިންތިހާބްގައި ގިނަ އަދަދެއްގެ އޮބްޒާވަރުން ހަރަކާތްތެރިވުމުގެ ފުރުޞަތު މެލޭޝިއާއިން ދީފައިވާއިރު ރާއްޖޭގެ އިތުރުން ތައިލޭންޑް، އިންޑިއާ، ކިރްގިސްތާން،  ޕާކިސްތާން، އިންޑޮނޭޝީއާ، އުޒްބަކިސްތާން،  ކެމްބޯޑިއާގެ އިތުރުން އަޒަރްބައިޖާން އިން މަންދޫބުން ދަނީ ހަރަކާތްތެރިވަމުންނެވެ

މެލޭޝިއާގެ 14 ވަނަ އާއްމު އިންތިޙާބުގައި 14.9 މިލިޔަން ރައްޔަތުން ވޯޓްލާނެކަމަށް ލަފާކުރެވޭ އިރު އިންތިހާބުގައި މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ގެ ބަރިސަން ނޭޝަނަލް ޕާރޓީގެ އިތުރުން މެލޭޝީއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދުގެ މެލޭޝިއަން ޔުނައިޓެޑް އިންޑިޖިނަސް ޕާރޓީން ވާދަކުރެއެވެ