English Edition
Dhivehi Edition

ދިރާގުގެ ހައިސްޕީޑު ފައިބަރ ޚިދުމަތާއި ދިރާގުގެ އައިޕީޓީވީ “ދިރާގު ޓީވީ”ގެ ޚިދުމަތް ބ. އޭދަފުށީގައި މިއަދު އިފްތިތާހުކޮށްފިއެވެ.

ދިރާގުންބުނީ އެކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން މިއީ މިހާތަނަށް 2018 ވަނަ އަހަރު ދިރާގުން މި ދެ ހިދުމަތް ތައާރަފްކުރި 18 ވަނަ ރަށް ކަމުގައެވެ.

ދިރާގުން އޭދަފުށީގައި މި ޚިދުމަތްތައް ތައާރަފުކުރުމުގެ ގޮތުން ޚާއްސަ ޕްރޮމޯޝަނެއް ވަނީ ފަށައިފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ފައިބަރު އަދި ދިރާގު ޓީވީގެ ހިދުމަތް އެއްވެސް އަގަކާ ނުލައި ގުޅައިދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށް ބޭނުންވާ ޖޯއިބޮސް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަރަދުކުޑަކޮށް ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެ ކަމަށާއި މިގޮތުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނެޭކަމަށް ދިރާގުން ބުނެއެވެ. ދިރާގުގެ އިންޓްރޮޑަކްޓަރީ ޕެކެޖްގެ އަގަކީ 300 ރުފިޔާއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުންބުނީ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 35 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައިކަމަށާއި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބޭނެ ކަމުގައެވެ.