އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ މި މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ނަޖާޙް ޝަރީފް، އިވްނިންގ ނާޒް، ސ.ހިތަދޫ (23އ) އެވެ. ނަޖާޙް ޝަރީފް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ އަދި ފުލހުން ވަނީ އެ މުއައްސަސާގެ މަސައްކަތުގައި ރައްޔަތުން ދެއްވާ އެހީތެރިކަން ފާހަގަކޮށްފައެވެ.