English Edition
Dhivehi Edition

ލިޔުނީ: މުހައްމަދު ހިޒްޔަމް ހާމިދް – ސ.އަތޮޅު ސްކޫލް މީޑިއާ

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ހިތަދޫ ސްކޫލާ ބައްދަލުކުރި މެޗް، ކުޑަ ފަރަޤަކުން ސ.އަތޮޅު ސްކޫލް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފި އެވެ.

އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި ފޯރީ ގަދަ މެޗުގައި ކުޅުނު މި ދެ ޓީމަކީ މުޅި މުބާރާތުގައި ކުޅުނު ގިނަ މެޗްތަކުން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދި ދެ ޓީމެކެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބު ކުރެވޭ ވަރެއް ވަނީ ނުވެފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔަ އިރު ސ.އަތޮޅު ސްކޫލްގެ ފަރާތުން ފެނުނީ އެހައި ރަނގަޅު ކުޅުމެއް ނޫންކަމަށް ޓީމްގެ ކެޕްޓަން ބުންޏެވެ. ދެވަނަ ހާފް ފެށިގެން ގިނަ ވަޤުތަކަށް ކުޅުމަށްފަހު މެޗް ނިމެން ކުޑަ ވަޤުތުކޮޅަކަށް ވެފައި އޮތްވައި ސ.އަތޮޅު ސްކޫލްގެ ރަޔަން މުއްސަދަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، މެޗް އެ ސްކޫލުން ކާމިޔާބުކުރިއެވެ.

މެޗަށް ފަހު “އޭއޯ ނިއުސް” އަށް މަޢުލޫމާތު ދެއްވަމުން ސ.އަތޮޅު ސްކޫލް ޓީމްގެ ކެޕްޓަން ހަސަން ސަހާފް ބުނީ މެޗްގެ ކުޅުމާއި މެދު ހިތްހަމަ ޖެހުނު ކަމަށާއި ދެން ކުރާ އެންމެ ބޮޑު އުންމީދަކީ މުބާރާތުގެ ތަށި އުފުލާލުން ކަމަށެވެ.

މި މުބާރާތުގައި ސ.އަތޮޅު މަދަރުސާ ފައިނަލްގައި ބައްދަލު ކުރާ މެޗް އޮންނާނީ 6 މެއި 2018ވާ އާދީއްތަ ދުވަހު ހަވީރު އައްޑޫ ޒޯން ސްޓޭޑިއަމްގައެވެ. ފައިނަލްގައި ވާދަކުރާނީ ޝަރަފުއްދީން ސްކޫލާއެވެ. މި މެޗް ބަލައިލުމަށް ސަޕޯޓަރުންނަށް ދެވޭ އިންތިޒާމު ހަމަޖެއްސޭތޯ ސްކޫލުން މަސައްކަތް އެބަ ކުރެއެވެ.

ސ.އަތޮޅު މަދަރުސާގެ ފުޓްބޯޅަ ޓީމަކީ އައްޑޫގެ ޖުނިއަރ ފުޓްބޯޅައިގެ މުޅު ކުޅުންތެރިން ކުޅޭ ޓީމެކެވެ. މި ފަހަރު ތަށި ހޯދުމަކީ އެ ސްކޫލް ޓީމްގެ އަމާޒެކެވެ.