English Edition
Dhivehi Edition

މިނިވަން ކަޕް2017 ގައި މިއަދު ކުޅުނު ފުރަތަމަ މެޗު 5 ލަނޑު 3 ލަނޑުން އޭޓީ ސްޕޯޓްސް ކާމިޔާބުކޮށްފިއެވެ. ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މެޗު އޭޓީ އިން ކާމިޔާބުކޮށްފައިވަނީ މަންތަރަ އާއި ބައްދަލުކޮށެވެ. މެޗުގެ ފުރަތަމަ މިނިޓްގައި އޭޓީ ގެ ސިޔާމު ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލައާއި އެކު ފެށިގެން ދިޔަ މި މެޗުގައި ދެ ޓީމުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ އެއްވަނަ މިނިޓާއި އަށްވަނަ މިނިޓްގައި މަންތަރަ އިގެ ގޯލަށް އަމާޒުކޮށް ސިޔާމު ފޮނުވި ދެ ހަމަލާވެސް ކީޕަރުވަނީ ކުޅަދާނަކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑަކީ މަންތަރައިގެ ސަމީނު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސަމީނުގެ ގޯލާއިއެކު އޭޓީ އަށް އެ ލަނޑު ކާމިޔާބުކުރެވިފައިވަނިކޮށް މެޗުގެ 9 ވަނަ މިނިޓްގައި ސަމީނުވަނީ މަންތަރަ އަށް ލަނޑޭއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށް ފޮނުވާފައިވާއިރު ، އޭޓީ ގެ ޝިރާޒު ވަނީ މެޗުގެ ދިހަ ވަނަ މިނިޓާއި ސާދަ ވަނަ މިނިޓްގައި ދެ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ ނަވާރަވަނަ މިނިޓްގައި އޭޓީގެ ޝައްޕޭ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ގޯލް ކީޕަރު މިރާވަނީ ކުޅަދާނަކަމާއެކު ބޭރުކޮށްލާފައެވެ. މެޗުގެ ދެވަނަ ހާފްގައި މަންތަރައިގެ މުހައްމަދު ރަމީޒުވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މި ލަނޑާއެކު މަންތަރައިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކޮށްފައެވެ. މި ގޮތުން މުހައްމަދު ލިޔާހު ޖެހި ގޯލާއެކު އެ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.އެހެން ނަމަވެސް މެޗު ނިމެން ކައިރިވެފައިވަނިކޮށް އެޓީގެ މުހައްމަދު ޝާފިއު އާއި އަހްމަދު ޝިރާޒުވަނީ ކޮންމެ ކުޅުންތެރިއަކަށް އެ ލަނޑުޖަހާފައެވެ، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭޓީ ސްޕޯޓްސްގެ އަހްމަދު ޝިރާޒުއެވެ.