ލިޔުނީ: މުހައްމަދު ހިޒްޔަމް ޝަމްސުއްދީން ސްކޫލުން ކުރިއަށް ގެންދާ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް 13 އަހަރުން ދަށުގެ އޮރެންޖް ހައުސް އާއި ޕާރޕްލް ހައުސްގެ ޓީމް ދަތުރުކޮށްފިއެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ޕާރޕްލް ހައުސް އިން މިއަދު ހެނދުނު ކަށަވަރު ކުރީ ރެޑް ހައުސް އާއި ބައްދަލުކޮށް 5-2 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ލީޑް ނަގައިގެން ކުޅުނީ ޕާރޕްލް ހައުސް އިންނެވެ. ފުރަތަމަ ހާފް ނިމުނު އިރު ރެޑް ހައުސް އަށް އެއްވެސް ގޯލެއް ކާމިޔާބެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފް ގައި ރެޑް ހައުސް އިން 2 ގޯލް ޖަހައި ސުމެއް ކަނޑުވާލިއެވެ. ޕާރޕްލް ހައުސް އަށް 2 ލަނޑު ޖަހައިދިނީ ހާމް ހަސީބް އެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ އެ ހައުސްގެ މާއިޝް އަޝްރަފެވެ. ދެން ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިނީ ޝަމޫސް ވަސީމެވެ. ރެޑް ހައުސްގެ ލަނޑުތައް ޖަހައިދިނީ އެ ހައުސްގެ ސައްޔާދު އާއި އަޒްވަން އެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާރޕްލް ހައުސްގެ މާއިޝް އަޝްރަފެވެ. މިއަދު ހެނދުނު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ގްރީން ހައުސް އާއި އޮރެންޖް ހައުސް އެވެ. މި މެޗް އޮރެންޖް ހައުސް ކާމިޔާބުކޮށް، ފައިނަލްގެ ޖާގަ ހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ. އޮރެންޖް ހައުސްގެ ގޯލްތައް އެ ހައުސް އަށް، ދެވަނަ ހާފްގައި ޖަހައިދިނީ ރައްޔާން މައުސޫމް އާއި ލިވާޒް ނުއުމާނެވެ. ގްރީން ހައުސް އަށް ޖެހުނު ހަމައެކަނި ގޯލް ޕެނަލްޓީ އަކުން، ފުރަތަމަ ހާފްގައި އެ ހައުސް އަށް ޖަހައިދިނީ މާރިސް ޝަފީގެވެ. އެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮރެންޖް ހައުސްގެ ލިވާޒް ނުއުމާނެވެ. މިއަދު ހެނދުނު ކުޅުނު 11 އަހަރުން ދަށުގެ ފުރަތަމަ މެޗުގައި ވާދަކުރީ ގްރީން ހައުސް އާއި އޮރެންޖް ހައުސް އެވެ. މި މެޗް ކާމިޔާބުކޮށް، ގްރީން ހައުސް އިން ފައިނަލްގެ ޖާގަ ކަށަވަރު ކުރީ 8-1 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ގްރީން ހައުސް އަށް ގޯލް ޖަހައިދިނީ އެ ހައުސްގެ ނިޝާރު ނަސީރު، 5 ގޯލް އާއި، އާހިލް ވަސީމް، 2 ގޯލް އަދި ޒާމިލް، 1 ގޯލެވެ. އޮރެންޖް ހައުސްގެ ހަމަ އެކަނި ގޯލް އެ ހައުސް އަށް ކާމިޔާބު ކޮށްދިނީ މުފްލިހު އެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއާ އަކަށް ހޮވުނީ ގްރީން ހައުސްގެ ނިޝާރް ނަސީރެވެ. 11 އަހަރުން ދަށުގެ 2 ވަނަ މެޗުގައި ބައްދަލުކުރީ ރެޑް ހައުސް އާއި ޕާރޕްލް ހައުސް އެވެ. މި މެޗުގައި 4 ލަނޑު ޖަހައިގެން މޮޅުވީ ރެޑް ހައުސް އިނެވެ. ނަމަވެސް އެ ހައުސް އަށް ޕޮއިންޓްގެ ގޮތުން ފައިނަލަށް ދެވޭ ގޮތެއް ނުވިއެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އަކީ ޕާރޕްލް ހައުސް 1 އަދި ރެޑް ހައުސް 4 ކެވެ. ރެޑް ހައުސް އަށް 3 ލަނޑު ޖަހައިދިނީ އެ ހައުސްގެ އުޒައިރު އެވެ. ދެން ކާމިޔާބުކުރި ލަނޑު ޖަހައިދިނީ ރެޑް ހައުސްގެ ހާއިޝް އެވެ. ޕާރޕްލް ހައުސްގެ ލަނޑު އެ ޓީމަށް އަށް ޖަހައިދިނީ ރުހާމް އެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވިފައިވަނީ ރެޑް ހައުސްގެ އުޒައިރު އެވެ. މިއާއި އެކު މިއަދު ހަވީރު ފައިނަލްގައި 11 އަހަރުން ދަށުގެ އުމުރުފުރާއިން ވާދަ ކުރާނީ ގްރީން ހައުސް އާއި އޮރެންޖް ހައުސްއެވެ. 13 އަހަރުން ދަށުގެ އުމުރުފުރާއިން ޕާރޕްލް ހައުސް އާއި އޮރެންޖް ހައުސް އެވެ. ފައިނަލްގެ މެޗްތައް ފަށާނީ މިއަދު ހަވީރު 4:00 އިން މީދޫ ސްޓޭޑިއަމް ގައެވެ. ޝަމްސުއްދީން ސްކޫލުން މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ ދަރިވަރުންގެ ކިބައިގައި ރީތި އަޚުލާގެއް އަށަގަންނަވައި ދިނުމަށާއި ކިޔެވުމުގެ އިތުރުން އެހެން ފިޒިކަލް ހަރަކާތްތަކުގައި ކުދިން ބައިވެރި ކުރުމެވެ.