English Edition
Dhivehi Edition

ދިރާގު ޓީވީގެ ހިދުމަތާއި ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ގއ ވިލިގިލީގައި ތަޢާރަފްކޮށްފި އެވެ. ދިރާގުން ބުނީ އެކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް ގއ ވިލިގިލީގައި ރަސްމީކޮށް އިފްތިތާހްކޮށް ފައިވާ ކަމަށެވެ..

މި ދެ ހިދުމަތް ވިލިނގިލީގައި ތައާރަފް ކުރުމަށްޓަކައި އެ ރަށުގައި ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށާއި އެގޮތުން ފައިބާ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމާއި ދިރާގު ޓީވީ ބެލުމަށް ބޭނުންވާ ޖޯއިބޮސް ހިލޭ ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ، އަދި މި މަސް ނިމުމުގެ ކުރިން ހިދުމަތް ލިބިގަތުމަށް އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ހާއްސަ ލަކީ ޑްރޯއެއް އޮންނާނެ ކަމަށާއި އޭގެން ގުރުވަތުން ހޮވޭ ފަރާތަކަށް 55 އިންޗްގެ ޓީވީ އަކާއި އަދި އެއް އަހަރުގެ ހިލޭ 1 އަހަރުގެ ހިލޭ ދިރާގު ޓީވީގެ ހިދުމަތް ލިބޭނެއެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ.

މީގެ އިތުރުން 30 އެޕްރިލް 2018 ގެ ކުރިން ހިދުމަތަށް އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ހާއްސަ ލަކީ ޑްރޯއެއް އޮންނާނެ ކަމަށާއި މި ލަކީ ޑްރޯއިން ގުރުވަތުން ހޮވޭ ފަރާތަކަށް 55 އިންޗްގެ ޓީވީ އަކާއި އަދި 1 އަހަރުގެ ހިލޭ ދިރާގު ޓީވީގެ ހިދުމަތް ލިބޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ