English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ގައުމީ “މޯލްޑިއަން” އން އެތެރޭގައިކުރާ ތަދުތުރު ތަކުގެ ޓިކެޓް އަގުހެޔޮކޮށްފިއެވެ. މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑްއޭވިއޭޝަނުން ވިދާޅުވީ ޓިކެޓްގެ އަގުހެޔޮވެގެންދަނީ ޖުލައި 17 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ ޓިކެޓް އަގުހެޔޮކުރީ “ތެލުގެ ޑިޔުޓީ ކުޑަކުރުމުން އަގަށްއައި ބަދަލާ ގުޅިގެން” ކަމަށެވެ. ތެލުގެ އަގުބޮޑުވުމުން އަނެއްކާވެސް ޓިކެޓްގެ އަގުބޮޑުކުރާނަންތޯ ދެންނެވުމުން އައިލޭންޑްއޭވިއޭޝަނުން ވިދާޅުވީ “އަދި އެހިސާބަށް ނުވިސްނަން. ތެލަކީ ވަރަށްބޮޑަށް ފެއާއަށް ޑިޕެންޑްވާ އެއްޗެއް،” ކަމަށެވެ. އަގަށް ބަދަލު ގެނައުމުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އައްޑޫ ގަމާއި މާލެއާ ދެމެދުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 898.88 ރުފިޔާއެވެ. އަދި ފުވައްމުލަކުސިޓީއާއި މާލެއާ ދެމެދުގެ އެއްކޮޅު ޓިކެޓުގެ އަގަކީވެސް 898.88 ރުފިޔާއެވެ. ގދ. ކާޑެއްދުއާއި މާލެއާ ދެމެދު އެއްކޮޅު ޓިކެޓުގެ އަގަކީ 876.62 ރުފޔާއެވެ. މާލެ އާއި ކޫއްޑުއާ ދެމެދު އެއްކޮޅު ޓިކެޓުގެ އަގަކީ 854.36 ރުފިޔާއެވެ. މާލެ އާއި ދަރަވަންދޫގެ ދެމެދު އެއްކޮޅު ޓިކެޓެއްގެ އަގަކީ 598.90 ރުފިޔާއެވެ. ތިމަރަފުށްޓާއި މާލެއާ ދެމެދުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 854.36 ރުފިޔާއެވެ. މާލެ އާއި އިފުރާ ދެމެދުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 799.24 ރުފިޔާއެވެ. ހަނިމާދު އާއި މާލެއާ ދެމެދު އެއްކޮޅު ޓިކެޓުގެ އަގަކީ 854.36 ރުފިޔާއެވެ. އައިލެންޑްއޭވިއޭޝަނުން ގެންދަނީ އެކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. ވަރަށް އަވަހަށް ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރު ފަށާނެ ކަމަށްވެސް އެކުންފުނިންވަނީ ވިދާޅުވެފައެވެ.