English Edition
Dhivehi Edition

އިންޑިއާ ސިފައިން ދިވެހި ސިފައިންނަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އަނބުރާ ގެންދަން ދިވެހި ސަރުކާރުން އިންޑިއާގައި އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ޔަގީންކޮށްދީފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާއިން ބުނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކުގެ ތެރެއިން އައްޑޫ ސިޓީގައި އޮތް ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަނީ ހެލިކޮޕްޓަރުގެ އެއްބަސްވުން ހަމަވުމުންކަމަށެވެ. އަދި އެ އެއްބަސްވުން އާ ކުރަން ދިވެހި ސަރުކާރުން ބޭނުން ނުވާތީ އިންޑިޔާ ސަރުކާރަށް ހެލިކޮޕްޓަރު އަނބުރާ ގެންދިޔުމަށް އެދުނީކަމަށެވެ. މީގެ ކުރިން އެ އެއްބަސްވުން ކޮންމެ ދެ އަހަރަކުން އާ ކުރާކަމަށް ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެއެވެ.

ރާއްޖޭގެ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވަލާދީ ޓައިމްސް އޮފް އިންޑިޔާގައި ބުނެފައިވަނީ ހެލިކޮޕްޓަރުގެ ބަދަލުގައި ދިވެހި ސަރުކާރުން މިހާރު ބޭނުން ވަނީ، ޑޯނިއާ ސާވެއިލެންސް އެއާކްރާފްޓެއް ކަމަށެވެ. އެއޮފިޝަލާ ހަވާލާދީ އެނޫހުގައި ބުނެފައި ވަނީ އައްޑޫގައި އޮންނަ ހެލިކޮޕްޓަރު ފޮނުވާލި ނަމަވެސް ލާމުގައި އޮތް ހެލިކޮޕްޓަރު ފޮނުވާ ނުލާނެކަމަށެވެ.

ހެލިކޮޕްޓަރު އަނބުރާ ގެންދަން ސަރުކާރުން އިންޑިޔާގައި އެދިފައި ވީނަމަވެސް، ހެކިކޮޕްޓަރު ފޮނުވާލަން ބޭނުންވާ ހަގީގީ ސަބަބު ރައީސުލް ޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމާ މަޝްވަރާ ކުރަމުން އަދިވެސް ދާކަމަށް ރާއްޖޭގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެނޫހުގައި ބުނެފައިވެ.