English Edition
Dhivehi Edition

ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަރުކަޒުގައި ކުޅޭ ސަރަހައްދެއް ނުވަތަ އައުޓްޑޯ ޕްލޭގްރައުންޑެއް ގާއިމު ކޮށްދިނުމަށް ދިރާގުން ނިންމާފައެވެ.

ބައިނަލްއަގްވާމީ އޯޓިޒަމް ދުވަހާއި ގުޅިގެން ދިރާގުން ވަނީ މި ޕްލޭގްރައުންޑު ގާއިމްކޮށްދީ އެތަނުގެ އިކުއިޕްމަންޓްގެ ފުލް ސެޓްއަޕް ހަދިޔާ ކުރަން ނިންމައިފައެވެ.

ދިރާގުންބުނީ ޕްލޭގްރައުންޑް ގާއިމުކޮށް ޕްލޭގްރައުންޑްގެ އިކުއިޕްމަންޓްގެ ފުލް ސެޓަޕް ހަދިޔާ ކުރާނެ ކަމަށާއި ޕްލޭގްރައުންޑްގައި ކުދިންގެ މޯޓަރ ސްކިލްސް ތަރައްގީ ވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށެވެ. އަދި މިތަނުގެ ސަބަބުން ކުދިންގެ އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ

ދިރާގުން ބުނީ ކުޑަކުދިންނަށް އެހީތެރިވުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާ ކަމަށެވެ.

އެ ކުންފުނީގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

މޯލްޑިވެސް އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމް އާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ އިތުރުން އާރލީ އިންޓަވެންޝަން ހެދުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. ހަމަ އެހެންމެ، ކުދިންނަން ކްލާހުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ، ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަނުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެއެވެ.