English Edition
Dhivehi Edition

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް 14 ޖުލައިވާ ހުކުރު ދުވަހު ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ގާޑިއަން އެސޯސިއޭޝަން އިން ބުނެފިއެވެ. ޑރ. ބިލާލު ފިލިޕްސްގެ ފުވައްމުލަކު ދަތުރު އިންތިޒާމުކުރާ ފަރާތްކަމުގައިވާ، ގާޑިއަން އެސޯސިއޭޝަން އިން ދަތުރާއި ބެހޭ ގޮތުން ވާހަކަދައްކަމުން ބުނެފައިވަނީ ޑރ ބިލާލު ފިލިޕްސްގެ މި ދަތުރުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ފުވައްމުލަކުގައި ހިންގެވުމަށް ރަވާފައިވާ ކަމުގައެވެ. ޑރ. ބިލާލު ފިލިޕްސްގެ މިދަތުރުފުޅުގައި ފުވައްމުލައް ސިޓީގެ ޓީޗަރުންނަށް އަމާޒުކޮށްގެން “އިސްލާމައިޒޭޝަން އޮފް އެޑިއުކޭޝަން” ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ‘ހޫ އިޒް ޔޯއަރ ލޯޑް’ މި މައުޟޫއަށް ވަރަށް ހާއްސަ ދަރުސެއް ޏ.އޭއީސީ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ގޑިއަން އެސޯސިއޭޝަން އިން ބުނެފައިވަނީ މިފަދަ ދީނީ ޕްރޮގްރާމްތައް ހިންގުމުގެ ބޭނުމަކީ ފުވައްމުލަކުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުން ކަމުގައެވެ. އަދި މުޖުތަމައު ގެއްލުމާއި ހަލާކުން ސަލާމްތަކުރުމަށްޓަކައި މިފަދަ ޕޮރޮގްރާމްތަކަކީ މުހިއްމު އެއްޗެއް ކަމުގައި އެ ފަރަތުން ވަނީ ބުނެފައެވެ. ގާޑިއަން އެސޯސިއޭޝަން އަކީ ފުވައްމުލަކުގައި ހިންގާ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތްތަކުން ފެނިގެންދަނީ އަމިއްލަ ޖަމްއިއްޔާއެކެވެ. ޑރ ބިލާލް ފިލިޕްސ އަކީ 1972 ވަނަ އަހަރު އިސްލާމްދީނު ގަބޫލުކުރެއްވުމަށްފަހު އިސްލާމީ ތައުލީމުން އެންމެ މަތީ ފާސްނަންގަވާފައިވާ އިލްމުވެރިއެކެވެ. ދިނީ އެކި އެކި މައުޟޫތަކައް ފަންސާހަށްވުރެ ގިނަ ފޮތް ވަނީ ލިޔުއްވާފައެވެ. އަދި މިހާރުވެސް އިސްލާމް ދީނަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ޕީސްޓީވީ، އިސްލާމިކް ޗެނަލް، ހުދާ ޓީވީ ފަދަ ޗެނަލްތަކުގައ އަންނަނަނީ ދަރުސް ދެއްވަމުންނެވެ.