English Edition
Dhivehi Edition

ދުނިޔެ ދުށް އެންމެ ވިސްނުން ތޫނު އެއް ސައިންސްވެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރަމުންދާ ސްޓެފަން ހޯކިން އުމުރުން 76 އަހަރުގައި އަވަހާރަވެއްޖެ އެވެ

1963 ވަނަ އަހަރު މޮޓޯ ނިއުރޯން ބަލި ޖެހިފައިވުމުގެ ސަބަބުން ގޮނޑީގައި އިންނަވައިގެން ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވި ހޯކިން، ފިޒިކްސް އާއި ހިސާބު އިލްމުގެ ދާއިރާ އިންވަނީ ގިނަ ދިރާސާތައް ހައދާފައެވެ.އަދި މި ދިރާސާތަކަށް އިލްމީ ދުނިޔޭގެ ވަރަށް ބޮޑު ތައުރީފަކާއި އަގުވަޒަންކުރުންތަކެއް ލިބިފައިވާއިރު އޭނާ ލިޔެފައިވާ “އަ ބްރީފް ހިސްޓްރީ އޮފް ޓައިމް” އަކީ، ކާއިނާތުގެ ސިއްރުތައް ވަރަށް ތިލަ ގޮތަކަށް ތަފްސީލުކޮށްދީފައިވާ ފޮތެކެވެ

ހޯކިންގެ މަރާއި ގުޅިގެން އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާ އަކީ މޮޅު ސައިންޓިސްޓެއް ކަމަށެވެ. އަދި ގެއްލިގެން އެ ދިޔައީ އަގުނުކުރެވޭ ފަދަ މުހިއްމު ބޭފުޅެއް ކަމަށާއި ސްޓެފަންގެ ހިތްވަރާއި ބުރަ މަސައްކަތަކީ އެތައް ބަޔަކަށް ނަމޫނާއެއް އަދި ހިތްވަރެއް ކަމަށެވެ