English Edition
Dhivehi Edition

ލިޔުނީ: މުހައްމަދު ހިޒްޔަމް ހާމިދު (ސ.އަތޮޅު މަދަރުސާ ސްކޫލް މީޑިއާ)

ސ.އަތޮޅު މަދަރުސާގެ އެތްލެޓިކްސް މުބާރާތުން އެއްވަނަ އެސްކޫލުގެ ޣާޒީ ހައުސް ހޯދައިފި އެވެ

ޣާޒީ ހައުސް މި މުބާރާތުގެ އެއްވަނަ ހޯދާފައިވާ އިރު، ރަނަރ އަޕް ހައުސްއަަކަށް ހޮވިފައިވަނީ ޝަމްސުއްދީން ހައުސްއެވެ

102 ދަރިވަރުން ބައިވެރިވި މި މީޓުގެ މަޤްޞަދަކީ ދަރިވަރުންގެ ޞިއްޙަތު ރަނގަޅު ގޮތެއްގައި ބައްޓަންކޮށް، އިތުރު ޙަރަކާތްތަކުގައި ދަރިވަރުންނަށް ބައިވެރިވެވޭނެ ފުރުޞަތު ހޯދައި ދިނުމާއެކު ރިވެތި އަޚްލާޤް ދަރިވަރުންގެ ކިބައިގައި އަށަގެނުވުމެވެ

އެތްލެޓިކްސް މީޓުގައި 16 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުންނަށް ހޮވިފައިވަނީ ޝަމްސުއްދީން ހައުސްގެ އަމީޝާ އާއި ސިކަންދަރީ ހައުސްގެ އަލްސަން އެވެ. 19 އަހަރުން ދަށުގެ ބެސްޓް އެތުލީޓުންނަށް ހޮވުނީ އިބްރާހިމް ޖަޒީލް އާއި، އިބްރާހިމް ޒަޔަން، އަދި މައިޝާ މުސްތަފާ އެވެ

މި ހަރަކާތް ނިންމުމަށް ސްކޫލު ގްރައުންޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދީފައިވަނީ ފަރުހާ، ލީވާން އަދި ޒައީމް(ޒައީމްބެ) އެވެ. މި ތިން މެހުމާނުންނަކީވެސް މި ސްކޫލުގެ ކުރީގެ ބެސްޓް އެތްލީޓުންކަން ފާހަގަކުރެވެއެވެ

މި ރަސްމިއްޔާތުގައި ސްކޫލުގެ އެކްޓިވިޓީސް ކެޕްޓަން އައިޝަތު ޒުހާ ވަނީ މީޓުގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް މަރުޙަބާކިޔާފައެވެ. އަދި ސްކޫލް ސްޕޯޓްސް ކްލަބްގެ ޕްރެޒިޑެންޓް މީސަމް މޫސާ ވަނީ މިފަދަ ފުރުޞަތުތައް ފަހިކޮށްދޭތީ ސްކޫލަށް ޝުކުރުދަންނަވާފައެވެ. ހަމައެހެންމެ، މީސަމް ވަނީ މުބާރާތުގައި އޮފިޝަލްކަން ކޮށްދެއްވި ބޭފުޅުންނާއި ކަނބަލުންނަށްވެސް ޝުކުރު އަދާ ކޮށްފައެވެ.

މި އެތްލެޓިކްސް މީޓްގައި ޖެވެލިން، ޝޮޓް ޕުޓް، ޑިސްކަސް، ހީޓް، ހައި ޖަމްޕް އަދި ލޯންގް ޖަމްޕް ހިމެނެއެވެ. މީގެ ކޮންމެ ހަރަކާތަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ލިބުނު ދަރިވަރުންނަށް ވަނީ ދެ އުމުރުފުރާ ވަކިން ސެޓްފިކެޓް ދީފައެވެ

ސ. އަތޮޅު މަދަރުސާއަކީ ދަރިވަރުންގެ ކުރިއެރުމަށްޓަކައި ގިނަ ފުރުޞަތުތައް ފަހިކޮށްދޭ ސްކޫލެވެ