English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން މިއަދު ކައުންސިލްގެ އިދާރާއިން އިއުލާން ކޮށްފިއެވެ.

މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 2018 މާރިޗު 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2018 މާރިޗު 19 ވާ ހޯމަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 މާރިޗު 22 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 މާރިޗު 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2018 މާރިޗު 20 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު [email protected] މެއިލްކޮށްދެއްވުމަށް ކައުންސިލުން އެދިފައިވެއެވެ.

އިއުލާނުގައި އިތުރަށް ބުނެފައި ވާގޮތުން މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 މާރިޗު 20 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ އެވެ.