English Edition
Dhivehi Edition

އިޓާލިއަން ލީގުގައި އެއްވަނާގައި އޮތް ނަޕޯލީ އާއި އިންޓަ މިލާން ބައްދަލު ކުރި މެޗުގެ ފައިދާ ނަގައި ޔުވެންޓަސް އެއްވަނައަށް ޖެހިލައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި އުދިނޭސީ ބައްދަލު ކުރި މެޗު ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވަނީ ޕައުލޯ ޑިބާލާ ކާމިޔާބުކުރި ދެ ލަނޑާއި އެކު 2-0 ލަނޑުންނެވެ.

ރޭ ލީގުގައި ނަޕޯލީ އެއްވަރުވެ ޔުވެންޓަސް މޮޅުވުމާއިއެކު ލީގުގެ އެއްވަނަ މަގާމަށް ޔުވެންޓަސް ޖެހިލީ 71 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 70 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ތިންވަނައިގައި 56 ޕޮއިންޓާ އެކު އޮތީ ރޯމާއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 20 ވަނަ މިނެޓްގައި ޑިބާލާ ޔުވެންޓަސްއަށް ލީޑު ނަގާދީފައިވާއިރު އޭނާގެ ދެވަނަ ލަނޑު ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފްގެ ކުރީކޮޅުއެވެ.

ރޭގައި ކާމިޔާބު ކުރި ދެ ލަނޑާއި އެކު ޑިބަލާ މިސީޒަނުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 19އަށް އަރާފައެވެ.

ލީގުގައި މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންގެންދާ ނަޕޯލީ އާއި އިންޓަ މިލާން ރޭ ކުޅުނު ފޯރިގަދަ މެޗު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވި ކަމުގައި ވީނަމަވެސް ނަޕޯލީއިން ވަނީ މިމެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަށް އުފައްދަން މަސައްކަތް ކޮށްފައެވެ.