English Edition
Dhivehi Edition

މިއީ ހައެއްކަ މަހުގެ ކުއްޖެއްހެން ހީވި ކަމުގައި ވިޔަސް ކުޑަކުއްޖެއް ނޫނެވެ. މިއީ 21 އަހަރު ވެފައިވާ ބޮޑު މީހެކެވެ.

އިންޑިއާގެ ޕަންޖާބް އަވަށަށް އުފަންވި މަންޕްރީތް ސިންގް އުފަންވި އިރު އެއީ އާދައިގެ ކުއްޖެކެވެ. އެއްވެސް ތަފާތު ކަމެއް ފެނިފައި ނުވެއެވެ. އެހެން ނަމަވެސް އުމުރުން ހަމަސް ފުރުނު ގޮތަށް އޭނާގެ ހަށިގަނޑު ބޮޑު ނުވެ ހުއްޓިއްޖެއެވެ. މަންޕްރީތް އުމުރުން މިހާރު ވަނީ 21 އަހަރު ވެފައެވެ. އޭނާގެ ހަށިގަނޑުގައި ހުންނަނީ އެންމެ 7 ކިލޯ އެވެ.

މަންޕްރީތްގެ އާއިލާއިން އޭނާއަށް މިކަމުގައި އެހީތެރިވެ ދެވޭތޯ ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކާ ބޭސް ވަނީ ކޮށްފައެވެ. އޭގެ ތެރެއިން 7 ވަރަކަށް ޑޮކްޓަރުން އޭނާ ވަނީ ތައިރޮއިޑްގެ ޝިކާރައަކަށް ވެފައި ކަމަށް ބުނެފައިވާ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ. އަދި ބޭސް ކޮށްގެން އޭނާ ރަނގަޅު ކުރެވިދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް މަންޕްރީތްގެ ބައްޕަ ޖަގްތާރް ސިންގް ބުންޏެވެ. އެ ފަރުވާ އަށް ޚަދަރު ކުރާނެ ފައިސާ އެމީހުން އަތަކު ނެތެވެ. އަދި ގިނަ ފަރުވާ ތަކެއް ދެވުނު އިރު އޭގެން އޭނާއަށް އެއްވެސް ފައިދާއެއް ކޮށްފައިނުވެއެވެ.

މުޖުތަމަޢު ތެރޭގައި މީހުންވަނީ މަންޕްރީތް ބަލައިގެންފައެވެ. މީހުންގެ ތެރޭގައި އޭނާ ވަނީ މަޤްބޫލު މީކަހަށް ވެފައެވެ. އާއިލާއިން ޤަބޫލު ކުރަނީ އަދިވެސް އޭނާ ރަނގަޅު ކުރުމުގެ ފުރުޞަތު އޮތް ކަމަށެވެ. އެގޮތުން އޭނާ މީހުންގެ ތެރޭގައި މަޝްހޫރު ވުމުން ފަރުވާއަށް ބޭނުންވާ ފައިސާ އެމީހުންނަށް ފަސޭހައިން ލިބިގެން ދާނެކަމަށް ވެސް އާއިލާއިން ޤަބޫލު ކުރެއެވެ.

މަންޕްރީތްގެ އިސްކޮޅުގައި ހުންނަނީ އެންމެ 60.9 ސެންޓިމީޓަރެވެ. ހިނގާ ނޫޅެވުނަސް އަދި ވާހަކަ ދައްކާ ނޫޅެވުނަސް އޭނާ އާއިލާއަށް ވަރަށް ބޮޑަށް ހިތްހަމަޖެހުން ގެނެސްދެއެވެ. އާއިލާގެ އެންމެން އޭނާ ދެކެ ވަރަށް ލޯބިވެއެވެ.