English Edition
Dhivehi Edition

ބެންގޯލީ ޓީވީ އެކްޓްރެސް މޯމިތާ ސަހާ އޭނާ ދިރިއުޅޭ ކޮޓަރި ތެރޭގައި ދަންޖެހިގެން މަރުވެފައި ހުއްޓާ އިއްޔެ ފެނިއްޖެއެވެ.

އޭނާގެ ހަށިގަނޑު ދަންޖެހިފައި ހުއްޓާ ފެނުނީ ކޮޓަރީގެ ސީލިންގ ގައި ވަލެއް އައްސައި ގެންނެވެ. އަވައްޓެރިން ގުޅާ ރިޕޯޓް ކޮށްގެން ކަލްކަތާގައި އޭނާ ދިރިއުޅޭ ފްލެޓްގެ ދޮރު ހަލާކު ކޮށްލައިގެން ފުލުހުން ވަންއިރުވެސް 23 އަހަރުގެ މޯމިތާ ހުރީ ދަންޖެހި މަރުވެފައެވެ.

އިއްޔެ މެންދުރުއްސުރެ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާފައި ނުވާ ކަމަށް ގޭގެ ވެރި ފަރާތުން ފުލުހުންނަށް މަޢުލޫމާތު ދެއެވެ. އޭނާ އަމިއްލަ އަށް ދަންޖެހި މަރުވީ ޑިޕްރެޝަންގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާގެ ކޮޓަރިން ފުލުހުންނަށް ވަނީ އޭނާ ލިޔެފައިވާ ނޯޓެއް ފެނިފައެވެ. އޭގައި ވަނީ ކީކޭ ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މޯމިތާގެ ސޯޝަލް ނެޓްވޯކިންގ ސައިޓް ތަކުގައި އޭނާ ލިޔެފައިވާ ޕޯސްޓު ތަކުން އޭނާ ޑިޕްރެސް ވެފައިވާ ކަން އެނގޭ ކަމަށާއި އިތުރު ކަމެއް އުޅޭތޯ ބެލުމަށް އޭނާގެ ކޯލް ލިސްޓް ޗެކް ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

ފާއިތުވި ދުވަސް ތަކުގައި މޯމިތާ ވަނީ ފިލްމް އިންޑަސްޓްރީއަށް ވަނުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ޓީވީ އެކްޓްރެސް ކުރި މަސައްކަތް ނާކާމިޔާބު ވުން އެއީ އޭނާ ޑިޕްރެސްވި ސަބަބަށް ވެދާނެ ކަމަށް ބެލެވެއެވެ.