English Edition
Dhivehi Edition

އައްޑޫ ލިންކް ރޯޑްގައި ދާދި ދެންމެ އެކު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި ދެމީހުން ކުރެ އެކަކު ނިޔާވެއްޖެ ކަމަށް އޭއޯ އަށް މައުލޫމާތު ލިބިއްޖެއެވެ.

މިއެކްސިޑެންޓްގައި ނިޔާވެފައިވަނީ ސ.ހިތަދޫ ނޫމުގުމާގެ، މުޙައްމަދު ރަޝްމު ރިޔާޒް އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްއިން އޭއޯ ނޫހަށް މަޢުލޫމާތު ދެއްވަމުން ހޮސްޕިޓަލް މިވަގުތު ހިންގެވުމާއި ޙަވާލުވެ ހުންނެވި މުޙައްމަދު ނަޖީބު ވިދާޅުވީ އެކްސިޑެންޓް ހިނގައިގެން ހޮސްޕިޓަލަށް ގެނައި އިރު ވެސް އެކަކު ނިޔާވެފައިވާ ކަމަށެވެ. އޭގެ އިތުރުން 3 މީހަކު އެކްސިޑެންޓާއި ގުޅިގެން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވެސް ނަޖީބު ވިދާޅުވިއެވެ. އޭގެ ތެރެއިން އެކެއްގެ ލޮލަށް ކޮންމެވެސް ވަރަކަށް ގެއްލުން ވެފައިވާ ކަމަށާއި އަނެއް ދެމީހުންގެ ޙާލު ރަނގަޅު ކަމަށް ނަޖީބު ވިދާޅުވިއެވެ

އައްޑޫ ސިޓީ ލިންކް ރޯޑްގައި މިފަދަ ޙާދިސާތައް ވަރަށް ގިނައިން ހިނގާފައިވީ ނަމަވެސް މި ފަހަކަށް އައިސް މި ފަދަ ނުރައްކާތެރި އެކްސިޑެންޓުތައް މަދުވެފައިވާކަން ފާހަގަކޮށްލެވެއެވެ..