English Edition
Dhivehi Edition

މިއަދު މެންދުރުފަހު މ.ސިތާރާގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހޭނެތިފައި އޮއްވައި ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީމީހާ ނިޔާވެއްޖެއެވެ.

އެމީހާ ނިޔާވެފައިވަނީ ފަރުވާދެމުން ގެންދަނިކޮށް އައިޖީއެމް ހޮސްޕޮޓަލުގައި މިއަދު ހަވީރުއެވެ. ޙަބަރު ލިބޭ ގޮތުން އެމީހާ ހޮސްޕިޓަލަށް ގެންދެވުނު އިރު ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވެއެވެ.

ނަމަވެސް މިހާދިސާގައި އިތުރު މީހަކަށް މާބޮޑު އަނިޔާއެއް ނުލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުން ނިޔާވި މި ބިދޭސީ މިހާއަކީ މާފަންނު ސިތާރާގޭގައި ދިރިއުޅޭ މީހެކެވެ. ނަމަވެސް މިއީ ކޮން ޤައުމެއްގެ މީހެއްކަން އަދި ސާފެއް ނުވެއެވެ.
.
އަލިފާން ރޯވިތާ މާ ގިނައިރެއް ނުވަނީސް އެންއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން އަލިފާންގަނޑު ނިއްވާލައި އަލިފާން ރޯވި ތަނުގައި ދިރިއުޅޭ ބިދޭސީން ތިރިއަށް ބޭލިއެވެ.

ގޭގައި އަލިފާން ރޯވެފައިވަނީ ގޭގެ ތިރީގައި ހުރި ބަދިގެއެއްގައި ރޯވެގެންނެވެ. އަދި މި އަލިފާނުގެ އަސަރު މި ގޭގެ ދެވަނަ ފަންގިފިލާއަށް ވަނީ ކޮށްފައެވެ .