English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުދޫ އަވަށު ކޯނަރޕާރކް ކެފޭ ކުއްޔަށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލް އިން އިއުލާންކޮށްފިއެވެ

އެންމެ ރަގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް މި އިމާރާތް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމަވާފައިވަނީ 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށެވެ. މި އިމާރާތް ކުއްޔަށް ހިފާ ފަރާތުން މި ތަނާއި ގުޅިފައިވާ ކުޑަކުދިންގެ ޕާކް ބަލަހައްޓައި އެތަން މަރާމާތުކޮށް އަދި ސާފުތާހިރުކޮށް ބަލަހައްޓަން ޖެހޭނެ ކަމަށް ސިޓި ކައުންސިލްގެ އިއުލާންގައި ވަނީ ބަޔާންކޮށްފައެވެ

މި މަސައްކަތާއި ގުޅޭ ބީލަން ފޯމް 2018 މާރިޗު 11 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 މާރިޗު 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ނިޔަލަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 މާރިޗު 21 ވާ ބުދަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 މާރިޗު 11 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 މާރިޗު 18 ވާ އާދިއްތަ ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުމަށް އެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ. އަދި [email protected] މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 މާރިޗު 19 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެކަމަށް އެ އިދާރާއިންވަނީ ބުނެފައެވެ

މީގެ އިތުރުން ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ