އާއްމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ސުރްބީ ޗަންދްނާ(އަނިކާ) އަށް ވަރަށް ގިނަ ބަޔަކު ފާޑު ކިޔާފައިވާ ކަމަށް އޭނާ ބުނެފިއެވެ. ސްޓާޕްލަސް އިން ދައްކަމުންދާ ޑްރާމާ އިޝްގްބާޒްގެ ބަތަލާ މިހެން ބުނެފައިވަނީ އެ ޑްރާމާއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައެވެ. އެ ޑްރާމާ ކުޅެން ފެށި ފުރަތަމަ ދުވަސްކޮޅު ބެލުންތެރިން އޭނާގެ ހަށިގަނޑުގެ ބައްޓަމާއި މެދު ފާޑުކިޔާފައިވާ ކަމަށް ސުރްބީ ވަނީ ބުނެފައެވެ. “ބައެއް ފަރާތްތަކުން ބުނެފަ އެބަހުރި ޑްރާމާ ކުޅޭ ބަތަލާއަކާ ވައްތަރެއްވެސް ނޫނޭ. ފަލަކަމުން ނުކުލް މެހެތާ(ޝިވާއީ) އާއި އެކު ފެންނައިރު ވަރަށް ހަޑިއޭ.ވަރަށް ގިނަ މީހުން އޭރު ނެގެޓިވް ކޮށް ވާހަކަ ދެއްކި. އަދި ޑްރާމާ ކުޅުން ހުއްޓާލުމަށްވެސް ގިނަ ބަޔަކު ބުނެފައިވޭ” ސުރްބީ އަށް ދިމާވި ދަތިތަކާ ބެހޭ ގޮތުން ވާހަކަދައްކުން ބުންޏެވެ. އެހެންނަމަވެސް މިހާރު އޭނާއަށް ކުރިން ފާޑުކީ ފަރާތްތަކުން ވެސް ވަނީ އޭނާ ބަލައިގެންފައެވެ.. ” މިހާރު މީހުންގެ ކޮމެންޓްތައް ބަލާލީމަ އިގޭ އަހަންނަށްވެސް ކޮންމެވެސް ކަމެއް ހާސިލްކުރެވިއްޖެކަން. މީ ވަރަށް އުދަގުލުން ހާސިލް ކުރެވުނު ކަންތައްތައް” ސުރްބީ ބުންޏެވެ. ސުރްބީއަށް ދިމާވި ގޮންޖެހުންތަކާބެހޭ ގޮތުން ނުކުލް ބުނެފައިވަނީ ސުރުބީ އާއި އެކު މަސައްކަތްކުރަން ވަރަށް ފައްސޭހަ ކަމަށާއި މިހާގެ އިސްކޮޅާއި ބަރުދަނަށްވުރެ މުހިއްމު އެއްޗަކީ ހުނަރުކަމުގައެވެ. އިޝްގްބާޒްއަކީ މިހާރު ސްޓާޕްލަސް އިން ދައްކާ ޑްރާމާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލާ އެއް ޑްރާމާއެވެ. އަދި (އަނިކާ) އާއި (ޝިވާއީ)ގެ މޮޅު އެކްޓުގެ ސަބަބުން ޑްރާމާއަށް އެތައް ބަޔަކުދަނީ ތައުރީފުކުރަމުންނެވެ.