English Edition
Dhivehi Edition

ހުޅުމާލޭގައި ޤާއިމް ކޮށްފައިވާ އަލްޓްރާ މޮޑަން، ޓާޝަރީ ހޮސްޕިޓަލުން ބުރާސްފަތި ދުވަހު ޚިދުމަތް ދޭން ފަށާފައިވާ އިރު، ފުރަތަމަ ދުވަހު ވެސް 100 އަށްވުރެ ގިނަ މީހުން ވަނީ އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާފައެވެ.

90 މިލިއަން ޑޮލަރުގެ އިސްވެންޓްމަންޓަކާއި އެކު ހުޅުވާފައިވާ މި ހޮސްޕިޓަލުގައި އެމް.އާރު.އައި، ސީޓީ ސްކޭން، ހިތުގެ، އޮޕަން ސާޖަރީ ތަކާއި ނާރުގެ ތަފާތު މޮޅު ޚިދުމަތްތައް ލިބެން ހުރެއެވެ. މި ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓު ހެއްދުމަށް 750 ރުފިޔާ ނަގައެވެ. އެހެން ނަމަވެސް ދިވެހިންނަށް 30 ޕަސެންޓްގެ ޑިސްކައުންޓު އަކާއިއެކު އެޕޮއިންޓްމަންޓް ހެދުމަށް ޗާޖު ކުރަނީ 550 ރުފިޔާއެވެ.

110 މިލިއަން ޑޮލަރު ހޭދަކޮށްގެން ހުޅުމާލޭގައި މި ހޮސްޕިޓަލް ތަރައްޤީ ކޮށްފައިވަނީ ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުން ހިމެނޭ ކުންފުންޏަކުންނެވެ. މި ހޮސްޕިޓަލަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިޔާ ސަރަޙައްދުގައިވެސް ހުރި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލެވެ.

މި ހޮސްޕިޓަލް ހިންގުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި ސައިމް ޑާބީ ގްރޫޕް ގުޅިގެންނެވެ.