English Edition
Dhivehi Edition

އެސްޓީއޯ މާލޭ ލީގުގައި މިދިޔަ ސީޒަންގައި ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރި ނިއުރޭޑިންޓްސް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބައްދަލު ކުރި މެޗު ގައުމީ ކެޕްޓަން އަޝްފާގް ކާމިޔާބުކޮށްދިން ލަނޑުން ނިއުރެއޑިއެންޓް މާޒިޔާގެ މައްޗަށް މުހިންމު މޮޅެއް ހޯދައިފިއެވެ.

އެސްޓިއޯ މާލޭ ލީގުގައި ރޭ ނިއު އާއި މާޒިޔާ ބައްދަލު ކުރި މެޗު ނިއުން އިން 1-0 ލަނޑުން ކާމިޔާބުކޮށްފައިވާއިރު ނިއުއިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެފައެވެ.

ލީގުގައި ރޭ ކުޅުނު މެޗުގައި ނިއުގެ ފަރާތުން ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ދައްކައި މެޗުގެ ލީޑު ނެގި ނަމަވެސް މާޒިޔާއިން ވަނީ ދެނަވަ ހާފްގައި ކުޅުން ރަނގަޅުކޮށް މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިރޭގެ މިނަތީޖާ އާއި އެކު ނިއުއަށް ވަނީ އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުގައި މި ހަފުތާގެ ބުދަ ދުވަހު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުމުގެ ކުރިން ލީގުގައި އޮތް އެންމެ ވަރުގަދަ ދެ ޓީމް ކަމުގައިވާ ޓީސީ ސްޕޯޓްސް ކުލަބް އާއި ގްރީން ސްޓްރީޓް ބަލިކުރެވިފައި ވުމުން މެޗުގެ އިތުބާރު ބޮޑުވެފައެވެ.

އެސްޓިއޯ މާލޭ ލީގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުއިން ދެވަނަ ހޯދި ޓީސީ ބަލިކޮށްފައިވަނީ 3-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

މިނަތީޖާ އާއި އެކު ނިއު މިހާރު ލީގުގެ އެއްވަނީގައި އޮތީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާ އެކުގައެވެ.

އެސްޓީއޯ މާލޭ ލީގުގައި މިއަދު ދެ މެޗު ކުޅޭނެއެވެ.މިއަދު ކުޅޭ ފުރަތަމަ މެޗު ހަވީރު 16:00ގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ވާދަކުރާ އިރު މިއަދު ކުޅޭ ދެވަނަ މެޗުގައި ރޭގަނޑު 20:00ގައި ބައްދަލު ކުރާނީ ކްލަބު އީގަލްސްއާއި ކްލަބު ވެލެންސިއާއެވެ.