English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންގެންދާ ބާސެލޯނާއި ލީގު ފުލުގައި އޮތް ލަސް ޕާލްމާސް ބައްދަލު ކުރި މެޗު ހަމަހަމަ ވެގެން ނިމިއްޖެއެވެ

ރޭ ރެލިގޭޝަން ޒޯނުގައި އޮތް ލަސް ޕަލްމާސް އާއި ބާސެލޯނާ ކުޅުނު މެޗު އެއްވަރު ވެފައިވަނީ 1-1 ލަނޑުންނެވެ

ލީގު ފުލުގައި އޮތް ލަސް ޕާލްމަސް އާއި ދެކޮޅަށް ބާސާ ކުޅުނު މެޗު ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 21 ވަނަ މިނިޓްގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ލިއޮނަލް މެސީ ކާމިޔާބުކުރި ނަމަވެސް ލަސް ޕަލްމާސް އިން ވަނީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ލަސް ޕާލްމަސްއަށް ކާމިޔާބުކޮށްދިނީ ޖޮނަތަން ކަލޭރީ އެވެ

މި ނަތީޖާ އާއި އެކު ބާސެލޯނާއަށް ދެވަނައިގައި އޮތް އެތްލެޓިކޯއާއި ދެމެދު އޮތް ފަރަގު ބޮޑުކުރަން ލިބުނު ފުރުސަތު ގެއްލިފައިވާ އިރު ބާސެލޯނާ މިވަގުތު އެއް ވަނައިގައި އޮތީ 26 މެޗުން 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 26 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ.އަދި ތިން ވަނާގައި އޮތް ރިއަލްމެޑްރިޑްއަށް ލިބިފައިވަނީ 26 މެޗުން 59 ޕޮއިންޓއެވެ

އަންނަ އާދިއްތަ ދުވަހު ލީގުގައި ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ އެތުލެޓިކޯއާ ދެކޮޅަށެވެ