English Edition
Dhivehi Edition

ވ. ކޮޔޮދޫގޮޑުދޮށުން ފިސްތޯލައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން އެކަން ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުންގެ މީޑިއާއިން ބުނެފައިވަނީ ފިސްތޯލައެއް ކަމަށް ބެލެވޭ އެއްޗެއް ކެޔޮދޫގޮޑުދޮށުން ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 11:30 އެހައިކަންހާއިރު ކަމަށެވެ. އެ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. “އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިދަނީ ބަލަމުން. އިތުރު މައުލޫމާތު މިވަގުތު ދެވޭކަށްނެތްވާހަކަ ދަންނަވަން،” ފުލުހުން ބުނެފައިވެއެވެ.