English Edition
Dhivehi Edition

ދިރާގު ފައިބަރ ކަނެކްޝަން އާއި ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދޭ ޕްރޮމޯޝަންގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދިރާގުން ފެށި ދިރާގުން ފެށި މި ޕްރޮމޯޝަންގައި ތިން މަސް ދުވަހަށް، މަހު ފީ އިން 25 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އޭގެ އިތުރުން ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް އެ ހިދުމަތް އިންސްޓޯލްކޮށްދިނުމާއި ޖޯއިބޮކްސް ހިލޭ ލިބިގެންދާއިރު އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މާލޭ ސަރަހައްދު، މާލެ ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ރާއްޖޭގެ 17 އަށް ވުރެ ގިނަ ރަށުގައި ދިރާގުން ފައިބަރ ނެޓްވޯކް އަޅާފައިވާއިރު ދިރާގުން ބުނީ ފައިބަރ ޓޫ ދަ ހޯމް ކަނެކްޝަންގެ ދަށުން 100 އެމްބީޕީއެސްއާއި ހަމައަށް ސްޕީޑް ލިބޭނެ ކަމުގައެވެ.

ދިރާގު ފައިބަރ ބްރޯޑް ބޭންޑުން ގެ ހިދުމަތުން ފަސް އެމްބީޕީއެސްއިން ފެށިގެން 1000 އެމްބީޕީއެސް އާއި ހަމައަށް 5، 10، 15، 25، 50 އަދި 100 އެމްބީޕީއެސް ލިބޭނެއެވެ.

މުވާސަލާތީ ކުންފުނި ދިރާގުން ފޯރުކޮށްދޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގުޓީވީގެ އިމްޓްޑަކްޓަރީ ޕެކޭޖްގައި 80 އަށް ވުރެ ގިނަ ޗެނަލް ހިމެނޭއިރު އެ ޕެކޭޖުގެ އަގަކީ 300 ރުފިޔާއެވެ.