English Edition
Dhivehi Edition

“ކައިށާ ފެޑުން3” ގައި މިރޭ ކުޅުނު ފުރަތަމަ މެޗް އެފްސީ ޑްރިބުލް އިން ކާމިޔާބުކޮށްފިއެވެ. 2 ލަނޑު 1 ލަނޑުން އެފްސީ ޑްރިބުލް މި މެޗް ކާމިޔާބުކޮށްފައިވަނީ އީސްޓެން ވޭރިއޯސް އާއި ބައްދަލުކޮށެވެ. ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ދެ ލަނޑުވެސް އެފްސީ ޑްރިބުލްއަށް ކާމިޔާބުކޮށްދިނީ އެ ޓިމުގެ ކުޅުންތެރިޔާ އީމާންއެވެ. އީސްޓެން ވޭރިއޯސްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުންވަނީ މެޗުގެ ނަތީޖާ ބަދަލުކޮށް އެފްސީ ޑްރިބުލްގެ މައްޗަށް ކުރި ހޯދުމަށް މަސައްކަތްކޮށްފައެވެ. މި ގޮތުން ލިބުނު ޕެނެލްޓީއަކުން އީސްޓެން ވޭރިއޯސް އަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދީފައިވަނީ އަޝްރަފުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ޑްރިބުލްއަށް ދެ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އިމާނުއެވެ. މި މުބާރާތުގައި މީދޫގެ 6 ޓީމުން 37 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ