English Edition
Dhivehi Edition

ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި ފަސޭހަ ގެނެސްދޭ، ވަރަށް ތަފާތު އެޑް-އޮންތަކެއް އުރީދޫ ކަސްޓަމަރުންނަށް ތައާރަފުކޮށްފިއެވެ.

މިއަދު ތަޢާރަފް ކުރެވުނު މި ޚިދުމަތްތަކާއި ގުޅިގެން އުރީދޫގެ ހެޑް އޮފް ބްރޭންޑް، ޑިޖިޓަލް އެންޑް ޕީއާރް، އަރުޝަދު ޝާކިރު ވިދާޅުވީ އުރީދޫގެ ޕްރޮޑަކްޓުތަކަށް ނުވަތަ ޑިޖިޓަލް ހިދުމަތްތަކަށް ބަލާލިކަމުގައި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފަސޭހަކަން ގެނެސް ދިނުމަށް ކަމަށެވެ. އަދި ތައާރަފްކުރެވުނު އައު، އަދި ވަރަށް ތަފާތު ދެ ޕެކް ބޭނުންކޮށް، ހެޔޮއަގުގައި ގިނަ ފައިދާތަކެއް ހޯދުމަށް ދައުވަތު އަރުވާ ކަމަށްވެސް އަރުޝަދު ވިދާޅުވިއެވެ.

އުރީދޫ މެޖިކް ޕެކްތަކުގެ ތެރޭގައި ހިމެނެނީ މެޖިކް އަންލިމިޓެޑް 102 ޕެކް އާއި މެޖިކް ޑޭޓާ 202 ޕެކް އެވެ.

އުރީދޫގެ އަންލިމިޑްޓް ޕޯޓްފޯލިއޯ އަށް އަލަށް އިތުރުކުރެވުނު މެޖިކް އަންލިމިޓެޑް 102 ޕެކް މެދުވެރިކޮށް، އެންމެ -/102ރ އަށް، އުރީދޫ ނެޓްވަރކް ތެރޭގައި އެއްވެސް އިތުރު ޗާޖަކާއި ނުލާ ގުޅޭނެ އެވެ. މި ޕެކްގެ އެހީގައި، 30 ދުވަހުގެ މުއްދަތަށް، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ބޭނުން ވަރަކަށް ގުޅާލެވޭނެ އެވެ.

މި ޕެކް ޚިޔާރުކުރެއްވުމަށް، ކަސްތަމަރުން “102” ޖެއްސެވުމަށް ފަހު 1111 އަށް ފޮނުއްވުމުން ޕެކް ލިބިވަޑައިގަންނަވާނެއެވެ.

މެޖިކް ޑޭޓާ 202 މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް، ދެ ޖީބީ ޑޭޓާ، އަދި އަންލިމިޓެޑް ޓްވިޓާ ލިބުމުގެ އިތުރުން، 100 ޕަސެންޓް ބޯނަސް ޑޭޓާ ލިބުމުގެ ފުރުސަތުވެސް ލިބޭނެކަމަށް އުރީދޫއިން ބުންނެވެ. އެ ޚާއްސަ ޕެކާއެކު ލިބޭ ޑޭޓާގެ އިތުރުން، 30 ދުވަހުގެ ތެރޭގައި ބޭނުންކުރެވޭ އެކްސެސް ޑޭޓާއަށް ޗާޖް ކުރެވޭނީ، އެމްބީ އަކަށް އެންމެ 0.15 ލާރި ކަމަށްވެސް އުރީދޫއިން ބުންނެވެ.

މިގޮތުން މެޖިކް ޑޭޓާ 202 މެދުވެރިކޮށް ލިބޭނެ ބޯނަސް ޑޭޓާގެ މިންވަރު، ޕެކް ޚިޔާރުކުރުމުގެ ކުރިންވެސް ބަލާލުމަށް، *200*202# އަށް ގުޅާލައްވާށެވެ. މި ޚާއްސަ ޕެކް އާއި އެކު ލިބޭ ޑޭޓާގެ އިތުރުން، 30 ދުވަހުގެ ތެރޭގައި ބޭނުންކުރެވޭ އެކްސެސް ޑޭޓާ އަށް ޗާޖް ކުރެވޭނީ، އެމްބީ އަކަށް އެންމެ 0.15 ލާރި އެވެ. މި ޕެކް ހިޔާރުކުރެއްވުމަށް، ކަސްޓަމަރުން “202” ޖެއްސެވުމަށް ފަހު 5555 އަށް ފޮނުއްވުމުން ޕެކް ލިބިވަޑައިގަންނަވާނެއެވެ.