English Edition
Dhivehi Edition

ސެމްސަންގް ގެލެކްސީ ސީރީޒްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އެސް 9 އަދި އެސް 9 ޕްލަސް ދައްކާލައިފިއެވެ. މި ސީރީސްގެ އެންމެ ފަހުގެ އުފެއްފުން ދައްކާލާފައި ވަނީ މިހާރު ބާސެލޯނާގައި ކުރިޔަށްދާ ވޯލްޑް މޯބައިލް ކޮންގްރެސް 2018 ގައެވެ.

އެސް 8 އާއި ބޭރު ފުށުން މާ ބޮޑު ތަފާތެއް ނުފެނުނު ކަމުގައި ވިޔަސް ފޯނު ބޭނުން ކުރަން ފެށުމުން ތަފާތު ފެނިގެންދާނެ ކަމަށް ސެމްސަންގް އިން ބުނެއެވެ.

މިއީ ގެލެގްސީ ފޯނު ތަކުގެ ތެރެއިން މިހާތަނަށް ތަޢާރަފް ކުރި އެންމެ ވަރުގަދަ ކެމެރާ ހުރި ފޯނުގެ އިތުރުން މި ފޯނުގައި ވަރަށް ވަރުގަދަ ސްޕީކަރު ސިސްޓަމެއް ވެސް ވަނީ ޤާއިމު ކުރެވިފައެވެ. މިފޯނަށް އަލަށް ތަޢާރަފް ކޮށްފައިވާ އޭ.އާރު އިމޯޖީ އަކީ އެޕަލްގެ އެނިމޯޖީއަށް ދީފައިވާ ރައްދެއް ކަމުގައި ބުނެވެއެވެ.

ރާއްޖޭގެ ގިނަ ބަޔަކު ބޭނުން ކުރަނީ އެޕަލްގެ އައި ފޯންތައް ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު ސެމްސަންގް ބްރޭންޑްގެ ފޯންތައް ބޭނުންކުރާ ފަރާތްތަކެއް ވެސް މަދެއް ނޫނެވެ. މިފަދަ ފަރާތްތަކުން ބުނަމުން ގެންދަނީ އައި ފޯންތަކުގައި ނުހުންނަ ކިތަންމެ ފީޗާއެއް ސެމްސަންގް ގައި ބޭނުން ކުރެވޭ ކަމަށެވެ.