English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި އިދިކޮޅު ފަރާތްތަކުން މިއަދު ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިއެވެ.

ފެބްރުއަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އައްޑުގައި ބޭއްވި އެއްވުމުގައި މިއަދު ހައްޔަރު ކޮށް ފައި ވަނީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފުގެ އިތުރުން އިތުރު 4 މީހެކެވެ.

ނަމަވެސް، ފުލުހުންގެ ފަރާތުން ދިން ބަޔާނެއްގައި ސޮއި ކުރުވުމަށް ފަހު އެންމެން ދޫކޮށްލާފައިވާ ކަމަށް އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސާދިގު ވިދާޅުވެފައިވެއެވެ.
ފުލުހުންގެ ފަރާތުން،ސޮއި ކުރުވި ލިޔުމުގައި އޮތީ އެއްވުމެއް ބާއްވާ ކަމަށް ވާނަމަ، ދުރާލައި އެކަން ފުލުހުންނަށް އެންގުމަށް ފަހު އެކަން ކުރުމަށް ކަމަށް ވެސް މޭޔަރު ވިދާޅުވެފައިވެއެވެ.
ފެބްރުއަރީ މަހު 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އައްޑޫ ސިޓީގައި ވަނީ އިއްޔެވެސް އެއްވުމެއް ބާއްވާފައެވެ.