English Edition
Dhivehi Edition

ސައުދީ އަރަބިއްޔާގެ އެންމެ ފުރަތަމަ “އޮޕެރާ ހައުސް” ޖިއްދާގައި ހުޅުވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

އޮޕެރާ ހައުސް ހުޅުވުމުގެ ވާހަކަ އިއުލާން ކުރައްވާފައިވަނީ އެގައުމުގެ ޖެނެރަލް އެންޓަޓެއިންމެންޓް އޮތޯރިޓީގެ ޗެއާމަން އަޙްމަދު އަލް ޚާތިބް އެވެ.
ޖިއްދާގައި ހުޅުވުމަށް ހަމަޖައްސާފައިވާ އެ އޮޕެރާ ހައުސްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރު އެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ވެރިރަށް ރިޔާޒުގެ ފޯސީޒަން ހޮޓެލުގައި ބޭއްވި ސައުދީގެ، 2018 ވަނަ އަހަރުގެ ކުޅިވަރު ކަލަންޑަރު އިފްތިތާހު ކުރުމުގެ ޖަލްސާގައި ޚާތިބް ވަނީ ކުޅިވަރުގެ ދާއިރާއަށް ޚަރަދު ކުރުމަށް ހަމަޖައްސާފައިވާ ބަޖެޓުވެސް އިއުލާނު ކުރައްވައިފައެވެ.

އެގޮތުން ސައުދީގެ ކުޅިވަރުގެ ދާއިރާއަށް 64 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ސައުދީގެ 56 ސިޓީއެއްގައި މި ހިނގާ 2018 ވަނަ އަހަރު 5000 އަށް ވުރެ ގިނަ ކުޅިވަރު އިވެންޓުތައް ބޭއްވުމަށްވަނީ ހަމަޖައްސާފައެވެ.