English Edition
Dhivehi Edition

މުސްލިމުންނަށް ލިބިފައިވާ އެންމެ އަގުބޮޑު އެއް ނިޢުމަތަކީ އެއްބައިވަންތަކަމާއި އެކުވެރިކަން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“އެއްބައިވަންތަކަން”، މި މަޢުޟޫއަށް މިއަދު މުޅި ރާއްޖޭގައި އިއްވުނު ޚުތުބާގައި ބުނެފައިވަނީ މުސްލިމު އުއްމަތަކަށް މާތްﷲ ދެއްވާނެ އެންމެ އަގުބޮޑު އެއް ނިޢުމަތަކީ އެއްބައިވަންތަކަމާއި އެކުވަރިކަން ކަމަށްވާއިރު، އެކަމަކީ މުޖްތަމަޢުގައި އޮންނަ އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަމުގެ އަސާސްކަމަށެވެ. އަދި އެ އަސާސުގެ މަތީގައި ދެމިތިބުމަށް އަޅުގަޑުމެން މުސްލިމުންނަށް ދީނުގައި އަންގަވާފައިކަމަށެވެ.

މިހެން ކަމުން ލިބިފައިވާ އެ އަގުބޮޑު ނިއުމަތާއެކު އިސްލާމީ މުޖްތަމަޢުގައި އޮންނަން ޖެހޭ އެކުވަރިކަމާއި އެއްބައިވަންތަކަމަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ އިސްލާމީ ރިވެތި އަޚްލާޤީ ޢުޞޫލުތަކާއި ޚިލާފުކަމެއްކަމަށް ޚުތުބާގައިވަނީ ބުނެފައެވެ.

މުސްލިމުންގެ މެދުގައި އޮންނަ ލޯތްބާއި ހަމްދަރުދީއަކީ އީމާން ކަމާއި ގުޅިލާމެހިފައިވާ ކަމަކަށްވާއިރު، އިމާންކަަމަކީ އުޚްރަވީ ޙަޔާތް ބާއްޖަވެރިވުމުގެ ސަބަބުކަމަށާއި އިސްލާމި މުޖުތަމަޢެއްގެ ޢަބާބް ވަރުގަދަ ކުރުމަށްޓަކައި އެ މުޖްތަމަޢެއްގައި ދިރިއުޅޭ ކޮންމެ ފަރުދަކުވެސް، ލިބިގަންނަންޖެހޭ އަޚްލާޤީ ސިފަތަކަކާއި ޢަމަލު ކުރަންޖެހޭ ރިވެތި އުޞޫލުތަކެއްވާކަމަށް މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވައްސަލަމް އަޅުގަޑުމެންނަށް އަންގާފައިވާކަންވެސް މި އަދުގެ ޚުތުބާގައިވަނި ފާހަގަކޮށްފައެވެ.

ކޮންމެ މުސްލިމެއްގެވެސް ލެއާއި މުދަލާއި ޢަބުރަކީ ރައްކާތެރިކުރެވިފައިވާ އެއްޗަކަށްވާއިރު، މިއަދު އެއް މުސްލިމު އަނެއް މުސްލިމެއްގެ ޢަބުރު ކަތިލަމުން ދާކަމީ މުސްލިމުންނަށް ޙަސަދަވެރިވަމުން ދާބަޔަކު، މުސްލިމުންގެ ވަޙްދަތާއި އެއްބައިވަންތަކަން ނަގާލުމަށް ރާވާ ކަންތައްތައް ކާމިޔާބުވަމުން އަންނަ އައުންކަމަށް ވެސް ޚުތުބާގައި ވަނީ ސިފަކޮށްފައެވެ.

އެއް މުއުމިނަކީ އަނެއް މުއުމިނަކަށްޓަކައި ބިނާއެއް ފަދަ މީހެއްކަން، ރަސޫލާ ހަދީޘް ކުރައްވާފައިވާއިރު، މުސްލިމުން އެމީހުންގެ އެއްބައިވަންތަކަމުގެ އެ ބިނާއަށް ލޮޅުން އަރާފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި އިސްލާމީ އުއްމަތަށް ލިބިފައިވާ ހުރިހާ ކާމިޔާބީއަކާއި ކުރިއެރުމެއްގެ އަސާސްއަކީ އިސްލާމީ އެއްބައިވަންތަކަން ކަމަށްވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.