English Edition
Dhivehi Edition

ޕީޕީއެމުން ބާއްވާ ޚާއްޞަ އިވެންޓަކަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދީދީ މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

“މަގޭ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ” ނަމުގައި މިއަދު އައްޑޫސިޓީގައި ކުރިއަށް ދާ ރެލީގައި މެޑަމް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއާއެކު ހަވީރު ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބާއްވާ ފެސްޓިވަލުގައި ވެސް މެޑަމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ އެކި އަވަށްތަކުގެ ޕީޕީއެމްގެ އޮފީސްތަކުގައިވެސް އެކި ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ވެސް ވަނީ ނިންމާފައެވެ.

ފަސްޓްލޭޑީގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ވަޑައިގެންނެވިއެވެ. އައްޑުއަށް ވަޑައިގެންނެވި މިނިސްޓަރުންގެ ތެރޭގައި އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުގައި އައްޑުއަށް ވަޑައިގަތް މަޖިލީސް މެމްބަރުންގެ ތެރޭގައި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި އިނގުރައިދޫ ދާއިރާގެ އިބްރާހީމް ފަލާހު ހިމެނިވަޑައިގަންނަވައެވެ.